
އުރީދޫގެ ޓީމުން އިއްޔެ ރަހުމަތްތެރިކަމުގެ މެޗެއް ކުޅުނީ އެ ކުންފުނީގެ ބްރޭންޑް އެމްބެސެޑަރުން ކަމަށްވާ ހަބޭސް ބޮޑުބެރު ގްރޫޕާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ އެކީގަ އެވެ.
ދެ މެޗަށް ފަހު، 20 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން އުރީދޫން ކޭކު ވެސް ފަޅާފައިވެ އެވެ.
މެޗުތައް ނިންމާލުމަށް ފަހު އުރީދުއާއި މާޒިޔާއިން ކޭކު ފަޅަނީ - ފޮޓޯ: އުރީދޫ
ވިހި ވަނަ އަހަރީ ދުވަހާ ގުޅިގެން އުރީދޫން ހަރަކާތްތަކެއް ހިންގަމުން އަންނަ އިރު، އިއްޔެ ހަވީރު ވަނީ ހުޅުމާލޭގައި ހުންނަ އެ ކުންފުނީގެ ހެޑްކުއާޓަރުގައި ހިލޭ އައިސް ކްރީމް ބުއިމުުގެ ހަރަކާތެއް ވެސް ބާއްވައިފަ އެވެ.
ރާއްޖޭގެ މުވާސަލާތީ ދާއިރާ ބަދަލުކޮށް ކުރިއަށް ގެންދިޔުމުގެ މަސައްކަތުގައި އުރީދޫ މޯލްޑިވްސް ރާއްޖޭގައި ހަރަކާތްތެރިވާން ފެށިތާ 20 އަހަރު ފާހަގަކުރުމަށް އެ ކުންފުނިން އޮފާތަކެއް ވެސް ވަނީ ފަށައިފަ އެވެ.