ads
އަންހެން ވޮލީ ޓީމުގެ ބައެއް މެންބަރުން
އަންހެން ވޮލީ ޓީމު ފުރަތަމަ މެޗުން ބަލިވެއްޖެ
ބަންގްލަދޭޝްގައި މިއަދު ފެށުނު ސެންޓްރަލް ޒޯން ވޮލީ މުބާރާތުގައި ދިވެހި އަންހެން ޓީމު ކުޅުނު ފުރަތަމަ މެޗުން ބަލިވެއްޖެއެވެ.

ދިވެހި ޓީމުން ބަންގްލަރޭޝްގައި މިއަދު ބަލިވީ އުޒްބަކިސްތާނު އަތުން ތިން ސެޓުންނެވެ. ފުރަތަމަ ސެޓާ ފަހު ސެޓު އުޒްބަކިސްތާނުން ކާމިޔާބުކުރީ ފަންސަވީސް އެގާރައިންނެވެ. އަނެއް ސެޓުން ރާއްޖެއަށް ލިބުނީ އަށް ޕޮއިންޓެވެ.

މި މުބާރާތުގައި ރާއްޖޭގެ ދެވަނަ މެޗުގައި މާދަމާ ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ. އެއަށް ފަހު ލަންކާ، ކިރިގިސްތާނު އަދި ބަންގްލަދޭޝްއާ ކުޅޭނެއެވެ. މިއަދުން ފެށިގެން ކޮންމެ ދުވަހަކުވެސް މެޗެއް ކުޅޭނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް