
ވޭމަންޑޫގައި އުޅޭ ފްރާންސް އާއިލާގެ ބައެއް މެމްބަރުން
ވިސާނެތި އުޅުނު ފްރާންސް އާއިލާ ފޮނުވާލައިފި
މުހައްމަދު އާދަމް އަހްމަދު
13 މޭ 2025 - 17:27:47
ވިސާނެތި ރާއްޖޭގައި އުޅެމުން އަންނަތާ އެތައް އަހަރެއްވީ ފްރާންސް އާއިލާއިން ރާޢްޖެއިން ފޮނުވާލައިފިއެވެ.
6 މީހުންގެ މި އާއިލާ އުޅެމުން އަންނަނީ ތ. ވޭމަންޑޫގައެވެ. އެ އާއިލާ އެރަށުގައި އުޅޭތާ 12 އަހަރުވެފައިވާކަމަށް އެރަށު މީހުން ބުނެއެވެ.
އެ އާއިލާއިން އެދުނީ ރާއްޖޭގެ ރަށްވެހިކަން ދިނުމަށެވެ. އެހެންނަމަވެސް ބޭރުގެ ބަޔަކަށް ރާއްޖޭގެ ރަށްވެހިކަން ނުދޭނެކަން އެންގުމުން ރަށްވެހިކަން ނުދެވޭނަމަ ފުރުވާލުމަށް އެ އާއިލާއިން ބުނިކަމަށް އިމިގްރޭޝަނުން މީގެކުރިން ވަނީ ބުނެފައެވެ.
އިމިގްރޭޝަނުން ބުނީ އެ އާއިލާއިން ރާއްޖެއިން ފޮނުވާލީ މިދިޔަ މަހުގެ 25 ވަނަދުވަހުކަމަށެވެ. އެހެންނަމަވެސް ފޮނުވާލީ ކޮން ގައުމަކަށްކަމެއް އިމިގްރޭޝަނަކުން ނުބުނެއެވެ.
ޤާނޫނާ ހިލާފަށް ފްރާންސަށް ނިސްބަތްވާ 6 މީހުންގެ އާއިލާއެއް ރާއްޖޭގައި ދިރިއުޅެމުންދާ ކަމުގެ މައުލޫމާތު ލިބުނީ 'އިމިގްރޭޝަން ވޮޗް' އަށް މި އަހަރު 18 ޖުލައި ވަނަ ދުވަހުކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް