ads
ހިޔާ ފްލެޓްތައް
ހިޔާ ފްލެތްގެ ލިފްޓްތަކައް ދިމާވާ މައްސަލަތައް ހައްލުކުރަނީ
ހިޔާ ފްލެތްގެ ލިފްޓުތަކަށް ދިމާވާ މައްސަލަތައް ހައްލު ކުރުމުގެ މައްސަކްތ އެޗްޑީސީން ފަށައިފިއެވެ.

ހުޅުމާލެ ފޭސް 2 ގައި ހިޔާ ޕްރޮޖެކްޓްގެ ދަށުން އިމާރާތް ކޮށްފައިވާ ހައުސިންގ ޔުނިޓްތަކުގައި ދިމާވާ އެކި މައްސަލަތައް ހައްލު ކުރުމަށް އެ ކޯޕަރޭޝަންގެ ފަރާތުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށް އެކޯޕަރޭޝަނުން ބުނެއެވެ. 

މިގޮތުން ލިފްޓްތަކަށް ދިމާވާ މައްސަލަތައް ބަލާ ހައްލުކުރުމާ އި، މެއިންޓެނެންސް މަސައްކަތް ކުރުމަށް މި މަޝްރޫޢުގެ ކޮންޓްރެކްޓަރުގެ ފަރާތުން ވަނީ މި މަސައްކަތް ކޮންޓެކް ޕްރައިވެޓް ލިމިޓެޑްއާއި ހަވާލުކޮށްފައެވެ. ކޮންޓެކް ޕްރައިވެޓް ލިމިޓެޑް ގެ ހިދުމަތްތައް 24 ގަޑިއިރު ދިނުމަށް ވަނީ ހަމަޖެހިފައެވެ. 

އެ ކުންފުނީގެ ހޮޓްލައިން 9672696 އަދި އީމެއިލް mv.com.contech@elevators މެދުވެރިކޮށް ހިދުމަތްތަކާ ބެހޭ މުއާމަލާތް ކުރެވޭނެ އެވެ. 

މީގެއިތުރުންވެސް، ލިފްޓް ބޭނުންކުރުމުގައި ރައްކާތެރިވެ އުޅުމަށާއި ލިފްޓު ފަދަ ހިދުމަތްތައް ބޭނުންކުރުމުގައި ކަނޑައެޅިފައިވާ ޤަވައިދުތަކާއި އުޞޫލުތަކަށް ސަމާލުކަން ދިނުމަށް މި ކޯޕަރަޝަންގެ ފަރާތުން އިލްތިމާސްކުރެއެވެ. މި ކޯޕަރޭޝަންގެ އަމާޒަކީ، ހުޅުމާލެ ފޭސް 2 ގައި ދިރިއުޅެމުންދާ ފަރާތްތަކަށް ދިމާވާ މިފަދަ މައްސަލަތައް ހައްލުކޮށްދީ ރައްޔިތުންނަށް ފަސޭހަވާނޭ ގޮތަށް ކަންކަން ރޭވުން ކަމަށް އެޗްޑީސީން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް