ads
ބަތަލާ ލީ ހަނީ…
ކޮރެއަން އެކްޓްރެސް ލީ ހަނީ ބޮޑު މުއްސަންޖަކާ އިނދެފި
ކޮރެއަން އެކްޓްރެސް ލީ ހަނީގެ ނަމުން މަޝްހޫރުވެފައިވާ ލީ-ހާ-ނީ ބޮޑު ވިޔަފާރިވެރިޔަކާ ކައިވެނިކޮށްފިއެވެ.

އޭނާ ކައިވެނި ކުރީ މިދިޔަ އަންގާރަ ދުވަހު ދެކުނު ކޮރެއާގެ ވެރިރަށް ސޯލްގަ އެވެ.

ރިޕޯޓްތައް ބުނާގޮތުން އޭނާގެ ފިރިމީހާއަކީ މިއަހަރުގެ ކުރީކޮޅު  ބައެއް ރަހުމަތްތެރިން މެދުވެރިކޮށް ބައްދަލުވި ވިޔަފާރިވެރިއެކެވެ.

 ބޭރުގެ ބައެއް ނޫސްތަކުގައި ބުނެފައިވަނީ އެ ދެމަފިރިން އަމިއްލަ ކައިވެނި ހަފްލާއެއް ބޭއްވީ ހަމައެކަނި އެ ދެމަފިރިންގެ އާއިލާގެ މެމްބަރުންނަށް އެކަނި ކަމަށެވެ. 

 ނޫސްތަކުގައި އިތުރަށް ބުނެފައިވަނީ ލީ އާ ބައްދަލުވީ ވަރަށް އަގުހުރި ބޭފުޅެއް ކަމަށާއި ، އެކަކު އަނެކަކަށް ކުރާ އިތުބާރާއި އޯގާތެރިކަމުގެ މައްޗަށް ބިނާކޮށް އުމުރު ދުވަހުގެ ބައިވެރިއަކަށް ވާނެ ކަމަށް އަހުދުކޮށް ދެމީހުން ވައުދުވެފައިވާ ކަމަށެވެ.

ލޯބިން އެކުގައި ދުވަސްތަކެއް ހޭދަ ކުރި ކަމަށް އަޑުތައް އެރި މި ދެމީހުން ވަނީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި އެމެރިކާއަށް ދަތުރެއް ކޮށް ކައިވެނީގެ ކަންކަމާއި ބެހޭގޮތުން މަޝްވަރާވެސް ކޮށްފައެވެ. 

ލީ މީގެ ކުރިން  ޔޫން ކައި-ސަންގް އާ ހަތް އަހަރުގެ ލޯބީގެ ގުޅިގެން ގައި އުޅުނު އިރު، މި އަހަރުގެ ތެރޭގައި އެ ގުޅުން ކަނޑާލައި އިތުރު ކައިވެންޏެއް ކުރި ކަމަށް ވެސް ވަނީ އަޑުތަކެއް އަރާފައެވެ.

ލީ އަކީ ފިލްމު ކުޅުމުގެ އިތުރުން ގިނަ އަދަދެއްގެ ޓީވީ ސީރީޒްތަކެއް ވެސް ކުޅެފައިވާ ބަތަލާއެކެވެ. މީގެ އިތުރުން ބައެއް ޓީވީ ޝޯތައް ވެސް އޭނާ ހުށަހަޅައިދީފައިވެއެވެ.

0%
ކަމުގޮސްފި
29%
އަޑުއެހިތާ މިހުރީ
57%
ސަތޭކައަކުން ސުމެއް
14%
ވަރަށް ސަލާމް
ކޮމެންޓްސް