
މާލޭގައި ލަންކާއާ ދެކޮޅަށް ދިވެހި ޓީމް ކުޅުނު މެޗުގެ ތެރެއިން
ފިރިހެން ވޮލީ ޓީމުވެސް ފުރަތަމަ މެޗުން ބަލިވެއްޖެ
ސްޕޯޓްސް ޓީމް
25 ޑިސެމްބަރ 2021 - 01:54:02
ސެންޓްރަލް ޒޯން ވޮލީ މުބާރާތުގައި ދިވެހި ފިރިހެން ވޮލީ ޓީމު ކުޅުނު ފުރަތަމަ މެޗުންވެސް ބަލިވެއްޖެއެވެ.
ދިވެހި ފިރިހެން ވޮލީ ޓީމު ބަލިވެފައިވަނީ ހުކުރު ދުވަހު، ބަންގްލަދޭޝްއާ ދެކޮޅަށް ކުޅެ ސީދާ ތިން ސެޓުންނެވެ. މި މުބާރާތް ކުރިއަށްދަނީވެސް ބަންގްލަދޭޝްއެވެ.
މި މުބާރާތުގައި ދިވެހި ފިރިހެން ޓީމުން ކުޅޭ ދެވަނަ މެޗުގައި ހޮނިހިރު ދުވަހު ނުކުންނާނީ އުޒްބަކިސްތާނާ ދެކޮޅަށެވެ. މި މެޗު އޮންނާނީ ހޮނިހިރު ދުވަހު މެންދުރު ފަހުއެވެ.
ދިވެހި ފިރިހެން ޓީމު ބަންގްލްދޭޝްގައި ކުޅުނު ފުރަތަމަ މެޗުން ބަލިވިއިރު، މި މުބާރާތުގެ އަންހެން ޑިވިޝަންގައި ދިވެހި ޓީމުން ކުޅުނު ފުރަތަމަ ދެ މެޗުުންވެސްވަނީ ބަލިވެފައެވެ. ދެ މެޗުންވެސް ބަލިވީ ސީދާ ތިން ސެޓުންނެވެ. އަންހެން ޓީމު ކުޅޭ ތިންވަނަ މެޗު އޮންނާނީވެސް ހޮނިހިރު ދުވަހުއެވެ.
0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް