އުމުރުން 32 އަހަރުގެ ފަޒަލް އާއި 31 އަހަރުގެ ރިޗާ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ މިހާރު އެތައް އަހަރެއް ވެއްޖެއެވެ. ދެފަންނާނުން ވެސް ވަރަށް އަވަހަށް ކައިވެނި ކުރަން އުޅޭކަމަށް ނޫސްތަކުން އަންނަނީ ބުނަމުންނެވެ.
ދާދި ފަހުން ނޫހަކަށް ދިން އިންޓަވިއުއެއްގައި ފަޒަލް ވަނީ ކައިވެންޏާ ބެހޭގޮތުން ވާހަކަ ދައްކާފައެވެ. އެގޮތުން ފަޒަލް ބުނީ ވަގުތު ޖެހުމުން ކައިވެނި ކުރާނެ ކަމަށެވެ. އަދި ކައިވެނިކުރާ ނަމަ އެންމެނަށް ވެސް އެކަން އަންގާނެ ކަމަށް ފަޒަލް ބުންޏެވެ.
ބޮލީވުޑުގެ އަރަމުން އަންނަ ތަރި ފަޒަލް ވަނީ 15 އަށް ވުރެ ގިނަ ފިލްމުގައި މަސައްކަތް ކޮށްފަ އެވެ. އެގޮތުން އޭނާ ވަނީ "ހެޕީ ބާގު ޖާޔޭގީ" އާއި "3 އިޑިއޮޓްސް" އަދި "ހާމޯޝިޔާން" ގެ އިތުރުން "ބޮބީ ޖާސޫސް" ފަދަ ފިލްމުތަކުގައި މަސައްކަތް ކޮށްފަ އެވެ.
ރިޗާއަކީ ވެސް އިންޑިއާގެ ފިލްމީ ތަރިއެ ކެވެ. އެގޮތުން 2008 ވަނަ އަހަރު ފިލްމީ ދާއިރާއަށް ތައާރަފުވި ރިޗާ ވެސް ވަނީ ގިނަ ފިލްމު ތަކެއްގައި މަސައްކަތް ކޮށްފަ އެވެ. އޭގެ ތެރޭގައި "ފުކްރޭ" އާއި "ރާމްލީލާ" އަދި "ސާބްޖިތު" ގެ އިތުރުން "ލަވް ސޯނިއާ" ހިމެނެ އެވެ.