ads
ހުކުރު ހުތުބާގެ ތެރެއިން-- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ކުޑަކުދިންނަށް ރަހުމުކުޑަކޮށް ހިތުމަކީ ބޮޑުވެގެންވާ މުސީބާތެއް ފާވެގެން ހިނގާދާނެ ކަމުގެ އިންޒާރެއް!
އެއްވެސް އާރެއް ބާރެއް އަދި އަމިއްލަ ނަފުސު ދިފާއު ކުރާނެ ހުނަރެއް ނެތް ކުޑަކުދިންނާ ދިމާކޮށްލާ، ރަހުމުކުޑަ މީހުންކަމުގައި، އެކުދިން ބެލެނިވެރިންނާއި ގާތް މީހުން ވެގެންދިއުމަކީ ބޮޑުވެގެންވާ މުސީބާތެއް ފާވެގެން ހިނގާދާނެ ކަމުގެ އިންޒާރެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާ އާއި ޖިސްމާނީ އަނިޔާއަަށް މިއަދުގެ ހުކުރު ހުތުބާ ހާއްސަ ކުރެވިފައިވާއިރު ހުތުބާގައި ވަނީ ދައުރުވަމުންދާ ދުނިޔެއަށް އިރުއަރައިގެން އަންނަ ކޮންމެ ދުވަހަކީ ކޮންމެވެސް ކުއްޖަކަށް ޖިންސީ ގޯނާއެއް ނުވަތަ ޖިސްމާނީ އަނިޔާއެއް ދެވޭ ދުވަހެއްގެ ގޮތުގައި ތާރީހުގައި ލިޔެވިގެން ދިއުމަކީ މިދުނިޔެއަށް އުފަންވާ ކޮންމެ އިންސާނެއްގެ ނިތްކުރީގައި ޖެހިގެންދާ ލަދުވެތިކަމުގެ ލައްގަނޑެއް ކަމަށެވެ. އަދި އަނިޔާވެރިކަމާއި ލާއިންސާނީ މިފަދަ އުދަބާނީތައް ބިޔަވެ ފެތުރި ފުޅާ ނުވެދަނީސް އެކަންކަން ހުއްޓުވަން ކޮންމެ މީހެއްގެ ވެސް ފަރުދީ ޒިންމާ އަދާކުރަން ޖެހޭ ވަގުތު ޖެހިފައިވާ ކަމަށް ބުނެ އެވެ. 

އޭގެ އިތުރުން ކުޑަކުދިންނަކީ ގައުމުގެ މުސްތަގުބަލުކަމަށާއި އެކުދިންނާމެދު އިހުމާލުވުމަކީ މުޅި ގައުމުގެ މުސްތަގުބަލާ މެދު އިހުމާލުވުން ކަމަށް ހުތުބާގައި ފާހަގަ ކުރެ އެވެ. 

ކުޑަކުދީންނަށް ހެޔޮ ނަމޫނާ ދެއްކުމަށް މައިންބަފައިންނާއި ބެލެނިވެރީންނާއި ބަލަދުވެރީންނާއި މަހުރަމުންނަށް އިސްލާމް ދީން ވަރަށް މަތީ ދަރަޖައަކަށް ބާރު އަޅައި ކަމަށް ވެސް ހުކުރު ހުތުބާގައި ބުނެ އެވެ. އަދި ހެޔޮލަފާ އާއިލާއަކާއި ތަގުވާވެރި ބައްޕައަކާއި ސޯލިހު މަންމައެއް އެ ދަރީންނަށް ލިބިގެންދިއުމަކީ އެ ދަރީންނަށްޓަކައި އަދާކޮށްދޭންޖެހޭ ދީނީ އަދި ގައުމީ ވާޖިބެއް ކަމަށް ވެސް ހުތުބާގައި ވަނީ ފާހަގަކޮށްފަ އެވެ. 

ހުތުބާގައި އިތުރަށް ބުނެފައި ވަނީ އިންސާނީ މުޖުތަމައުތަކުން މިއަދު ފެންނަމުންދާ މަންޒަރުތަކާއި އިވޭ އަޑުތަކާއި ހިނގާ ހާދިސާތަކުން އިންސާނިއްޔަތުގެ ޝުއޫރެއް ހިނގާ ކޮންމެ މީހަކު ފިއްކަނޑައިގެންދާވަރުވާ ކަމަށެވެ. އަދި އަމިއްލަ ދަރިން ވަކިކުރަން ނޭނގޭ އިންސާނުން މުޖުތަމައުގައި އުޅޭތީ ހިތްތަކަށް ބިރުވެރިކަން ގެނުވާ ކަމަށް ވެސް ހުތުބާގައި ބުނެ އެވެ. 

އޭގެ އިތުރުން ހުތުބާގައި ވަނީ އިންސާނިއްޔަތު ކަމަކީ އަޅާލުމާއި ކަމޭހިތުމާއި އޯގާތެރިކަމަށް ކިޔޭ ދެވަނަ ނަމެއް ކަމަށާއި އިންސާނުންނާއި ހައިވާނުންނާއި ދެމެދުގައިވާ ތަފާތުތަކުގެ ތެރޭގައި، އިންސާނުންގެ ތެރޭގައި އިންސާފާއި ގާނޫނީ ހަމަތަކާއި ސަގާފީ ރިވެތި އާދަތައް ހުންނަ ކަމަށެވެ. ނަމަވެސް އެކަންކަން އިންސާނެއްގެ ކިބައިގައި ނެތިއްޖެނަމަ ހައިވާނަކާއި އެއްވެސް ތަފާތެއް ނެތް ކަމަށް ވެސް ހުތުބާގައި ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް