ads
ފަތުރުވެރިންތަކެއް——
މިއަހަރު 1.3 މިލިޔަން ފަތުރުވެރިން ރާއްޖެއަށް އަންނާނެ: މިނިސްޓަރ
މި އަހަރު ނިމުމުގެ ކުރިން ރާއްޖެއަށް 1.3 މިލިއަން ފަތުރުވެރިން ޒިޔާރަތް ކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ސަރުކާރުން އެންމެ ފުރަތަމަ އަންދާޒާ ކުރީ ރާއްޖެއަށް މި އަހަރު 1 މިލިއަން ފަތުރުވެރިން އަންނާނެ ކަމަށެވެ. 

ޑރ. މައުސޫމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މިއަހަރަށް ސަރުކާރުން އަންދާޒާ ކުރީ 1 މިލިއަން ފަތުރުވެރިން ރާއްޖެއަށް އަންނާނެ ކަމަށާއި، އެ އަމާޒަށް އޮކްޓޯބަރު މަހު ވާސިލް ވެފައި ވާކަމަށެވެ. އަދި މިހާރު މަސައްކަތް ކުރަމުން ދަނީ، މިހިނގާ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހާއި ހަމައަށް ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު 1.3 މިލިއަނަށް ހެދުމަށް ކަމަށާއި، އެއަމާޒަށްވެސް ވާސިލް ވެވޭނެ ކަމަށެވެ. 

ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާއްމު ކުރި ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިހާތަނަށް 1،271،020 ފަތުރުވެރިން ވަނީ ޒިޔާރަތް ކޮށްފައެވެ. 

އެގޮތުން ރާއްޖެއަށް މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައިވަނީ، އިންޑިއާއިންނެވެ. އެގައުމުން ރާއްޖެއަށް މިއަހަރުގެ މިހާތަނަށް 286،434 ފަތުރުވެރިޔަކު ވަނީ ޒިޔާރަތް ކޮށްފައެވެ. 

ދެވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރީ، ރަޝިއާއިންނެވެ. އެގައުމުން 214،232 ފަތުރުވެރިޔަކު ޒިޔާރަތް ކޮށްފައި ވާއިރު، 90،732 ފަތުރުވެރިންނާއި އެކު 03 ވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރީ ޖަރުމަނުވިލާތުންނެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް