
ކޮވިޑް 19 ގެ ބަލިމަޑުކަމަށްފަހު ހުޅުމާލެއާއި މާލޭގައިވަނީ ނައިޓްމާކެޓްތަކެއް ބާއްވާފައެވެ. "ސިޓީ ނައިޓް މާކެޓު" ގެ ނަމުގައި މިރޭ ރަސްފަންނުގައި ބާއްވާ މި ނައިޓްމާކެޓް ކުރިއަށްދާނީ ދިހަ ދުވަހުގެ މުއްދަތަށެވެ.
މި ނައިޓްމާކެތް ވެގެން ދާނީ މިއަހަރު ބާއްވާ މިއަހަރު ބާއްވާ އެންމެ ބޮޑު ނައިޓް މާކެޓަށެވެ.
މި ނައިޓްމާކެޓް އިންތިޒާމް ކުރާ ފަރާތުން މީޑިއާތަކަށް މައުލޫމާތު ދީފައިވާގޮތުގައި މި މާކެޓް ކުރިއަށްދާނީ ކޮވިޑް 19ގެ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެއްގޮތަށެވެ. އަދި 200އާ ގާތްކުރާ އަދަދަކަށް މޭޒު ވިކިފައިވާ ކަމަށްވެސް މައުލޫމާތު ދީފައިވއެވެ.
މިރެއަކީ ސިޓީ ނައިޓް މާކެޓު ފަށާރޭ ކަމަށްވާތީ ވާތީ މިރޭ މާކެތް ކުރިއަށް ގެންދާނީ 8:00 އިން 12:00 އަށެވެ. އަދި މީގެ ފަހުން ހަވީރު 4:00 އިން ރޭގަނޑު 12:00 އާ ހަމައަށެވެ.
ނައިޓްމާކެޓް މިރޭ ފެށޭއިރު އެޗްޕީއޭއިންވަނީ ޗުއްޓީދުވަސްވަރަށްވާތީ ކޮވިޑް 19 އިން ރައްކާތެރިވުމުގެ ގޮތުން ސަމާލުވާން ޖެހޭ ކަންކަމަށް ސަމާލު ވުމަށް އިލްތިމާސް ކޮށްފައެވެ.