ads
ހިޔާ ފްލެޓް
ހުޅުމާލޭގެ ރެޖިސްޓްރީ ބާތިލް ކުރި އަމުރަށް އަމަލު ނުކުރަން އެންގި އެންގުން އިސްތިއުނާފަށް
މާލޭ ސިިޓީ ކައުންސިލުން ހުޅުމާލޭގެ ރެޖިސްޓްރީ ބާތިލް ކުރި ކުރުމަށް އަމަލު ކުރަން ފަސްކުރުމަށް ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރު ހައި ކޯޓުގައި އިސްތިއުނާފް ކުރަން ނިންމައިފިއެވެ.

މާލޭ ސިޓީ ކައުންސިލުން ހުޅުމާލޭގެ ރެޖިސްޓްރީ ބާތިލް ކުރީ، ސިޓީ ކައުންސިލުން ހުޅުމާލެއަށް ހަދާފައިވާ ރެޖިސްޓަރީގެ ބޭނުން އެޗްޑީސީއިން ނަހަމަ ގޮތުގައި ބޭނުން ކުރަމުން އަންނަ ކަމަށް ބުނެއެވެ. 

މިކަމާއި ގުޅިގެން އެޗްޑީސީއިން ވަނީ މި މައްސަލަ ސިވިލް ކޯޓަށް ހުށައަޅާފައެވެ.  ސިވިލް ކޯޓުން ވަނީ ކައުންސިލުން ފާސްކުރި ނިންމުމަށް ކޯޓުން ވަކި ގޮތެއް ނިންމަންދެން އަމަލު ކުރުން ފަސްކުރުމަށެވެ. 

ހުޅުމާލޭގެ މައްސަލަ އާއި ގުޅިގެން މައުލޫމާތު ދެއްވަމުން ސިޓީ ކައުންސިލްގެ ތަރުޖަމާން ޝިއުނާ ވިދާޅުވީ، ހުޅުމާލޭގެ ރެޖިސްޓަރީ ބާތިލް ކުރުމުން އެޗްޑީސީއިން ސިވިލް ކޯޓަށް ހުށައެޅި މައްސަލައިގައި ނެރެފައިވާ ވަގުތީ އަމުރު އިސްތިއުނާފް ކުރުމަށް މި ހަފްތާގައި ހައި ކޯޓްއަށް ފޮނުވަން މާލޭ ސިޓީ ކައުންސިލްގެ ގާނޫނީ ޓީމުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. 

އަދި ސިވިލް ކޯޓުން ނެރެފައިވާ އަމުރުގައި ވަނީ ކޯޓުން ވަކި ގޮތަކަށް އަންގަންދެން ހުޅުމާލޭ ބިމުގެ ރެޖިސްޓްރީ ބާތިލް ކުރަން ސިޓީ ކައުންސިލުން ނިންމި ނިންމުމަށް އަމަލު ކުރަން ފަސް ކުރުމަށް ކަމަށާއި، އެހެން ނަމަވެސް ކައުންސިލުން ނިންމި ނިންމުން ގޯސް ކަމަށް އަންގާފައި ނުވާ ކަމަށް ވިދާޅުވިއެވެ. 

އަދި މިއީ ސިވިލް ކޯޓަށް ނުނެރެވޭނެ އަމުރެއް ކަމަށްވެސް އެކައުންސިލްގެ ގާނޫނީ ޓީމުން ދެކޭ ކަމަށް ޝިއުނާ ވިދާޅުވިއެވެ. 

ހުޅުމާލެ އަށް ކައުންސިލުން ހަދާފައިވާ ރެޖިސްޓްރީ ބާތިލް ކުރީ، އިދިކޮޅު ޕީޕީއެމް އިން ހުޅުމާލޭގެ 02 ވަނަ ފިޔަވަހީގައި ބާއްވަން އުޅުނު ޖަލްސާ ނުބޭއްވޭނެ ކަމަށް އެޗްޑީސީއިން ނިންމުމުން އެކަމާއި މެދު އުފެދުނު ހިޔާލު ތަފާތުވުންތަކުގެ ތެރެއިންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް