
"މަރަކުން ނުފިލޭނެއެވެ. އެއާ ދެކޮޅު ހެދިޔަސް އެމީހަކު ގެންދާނެއެވެ. ފިލަން އުޅުނަސް އަރާ ހަމަކުރާނެއެވެ. ފަހެ، ނަޖާވާށެވެ! ނަޖާވާށެވެ! ފަހެ، އަވަސްވެ ގަންނާށެވެ! އަވަސްވެ ގަންނާށެވެ!
ހަމަކަށަވަރުން ތިޔަބައިމީހުންގެ ފަހަތުގައި ބާރު ދުވެލީގައި އަންނަ އެއްޗެއް ވެއެވެ. އެއީ ކަށްވަޅެވެ. ފަހެ އޭގެ ފިއްތާލުމާއި އަނދިރިކަމާއި އެކަނިވެރިކަމަށް ބިރުވެތިވާށެވެ. ދަންނާށެވެ! ކަށްވަޅު ވާ ހުށީ ނަރަކައިގެ ވަޅުތަކުގެ ތެރެއިން ވަޅަކަށެވެ. ނުވަތަ ސުވަރުގޭގެ ބަގީޗާތަކުގެ ތެރެއިން ބަގީޗާއަކަށެވެ. ދަންނާށެވެ! ކޮންމެ ދުވަހަކު ތިން ފަހަރު އެ ބުނާ ކަހަލަ އެވެ. އަހަންނަކީ އަނދިރިކަމުގެ ގޮވައްޗެވެ. އަހަންނަކީ ފަނިފަކްސާގެ ގޮވައްޗެވެ. އަހަންނަކީ އެކަނިވެރިކަމުގެ ގޮވައްޗެވެ.
ދަންނާށެވެ! އޭގެ ފަހަތުގައިވަނީ ބޮޑެތި މީހުން މަސްތުކުރުވާ ވަރުގެ ދުވަހެކެވެ. އަދި ކުޑަކުދިން ނުރަކުރުވާ ވަރުގެ ދުވަހެކެވެ. އެއީ މާބަނޑު އަންހެނުން ބިރުން އެބައިމީހުންގެ ދަރި ވިހާނޭ ދުވަހެވެ. އެދުވަހުގައި މީސްތަކުން މަސްތެއްގައިވާ ފަދައިން ފެންނާނެއެވެ. އެހެނަސް އެބައިމީހުން ވާނީ މަސްތުވެފައެއް ނޫނެވެ. އެހެނެއްކަމަކު، ﷲ ގެ އަޖާބު ގަދަފަދައީއެވެ.
ދަންނާށެވެ! ދެން އެއަށް ފަހުގައިވަނީ އެއަށް ވުރެވެސް ނުރައްކާތެރިކަމެވެ. ހޫނުގަދަ އަލިފާން ގަނޑެކެވެ. އެހާ ފުން ވަޅުގަނޑެކެވެ. އެތަނުގެ ގަހަނާ އާއި ޗާބޫކު ވަނީ ދަގަނޑުންނެވެ. އަދި އެތަނުގެ ފެނަކީ ދޮހެވެ. އަދި ބެލެހެއްޓުން ތެރިއަކީ މާލިކެވެ. އެކަލޭގެފާނުގެ ހިތްފުޅުން ވާނީ ރަޙްމަތް ނެންގެވިފައެވެ."
ދެން އަލީގެފާނު ކީރިތި ކުރެއްވިއެވެ. އަދި މީސްތަކުން ވެސް ވަރަށް ރުޔެވެ. އެއަށްފަހުގައި ވިދާޅުވިއެވެ.
"ދަންނާށެވެ! އޭގެ ފަހަތުގައި ވަނީ ސުވަރުގެއެވެ. އެތަނަކީ އުޑުތަކާއި ބިންފަދަ ތަނަވަސްކަން ހުރި ތަނެކެވެ. ތައްޔާރުކުރެވިފައިވަނީ ތަޤްވާވެރިންނަށެވެ. އަޅަމެންނާއި ތިޔަބައިމީހުންނީ ސުވަރުގެވަންތަވެރިންކަމުގައި ލައްވާށިއެވެ! އަދި އަޅަމެންނާއި ތިޔަބައިމީހުން ވޭންދެނެވި ޢަޛާބުން ރައްކާތެރިކުރައްވާނދޭވެ!"
_ تهذيب البداية والنهاية لابن كثير 283/3 _
_ الشيخ عمران محمد علي (حفظه الله) _
މަސްދަރު- ދަ އިސްލާމް