ads
މާފުށީ ގައި އަލައް އިތުރުކުރެވުނު ބިން ބުރިޖަކުން ގުޅާލުމުގެ މަޝްރޫއު -- ފޮޓޯ: އެމްޓީސީސީ
މާފުށީ އަލަށް އިތުރުކުރެވުނު ބިން ބްރިޖަކުން ގުޅާލުމުގެ މަޝްރޫއު އެމްޓީސީސީ އަށް
ކ.މާފުށީ ގައި އަލައް އިތުރުކުރެވުނު ބިން ބުރިޖަކުން ގުޅާލުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮނޓްރެކްޓިންގް ކޮންޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްފި އެވެ.

ހައުސިން މިނިސްޓްރީން އެމްޓީސީސީ އާއި ހަވާލުކުރި މި މަޝްރޫއަކީ 35.41 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫއު ނިންމުމަށް ހަމަޖެހިފައިވަނީ 365 ދުވަހުގެ ތެރޭގައެވެ.

މި ރަސްމިއްޔާތު ބާއްވާފައިވަނީ ކ. މާފުށީ ފަޅުގައި އަލަށް ހިއްކައިގެން އުފެއްދި ޕިކްނިކް އައިލެންޑްގައި އޮތް ހަފްލާއެއްގައެވެ. 

މި މަޝްރޫއުގެ ދަށުން، 80 މީޓަރުގެ ސަރަހައްދެއްގެ ގޮނޑުދޮށް ހިމާޔަތް ކުރުން ހިމެނެއެވެ. އަދި 20 މީޓަރު ފުޅާ، 137.64 މީޓަރު ދިގު ބްރިޖެއް ގާއިމުކުރުމާއި، ކޮންކްރީޓް މަސައްކަތް ކުރުމާއި، ޕޭވިންގް މަސައްކަތް ކުރުމާއި، ޑްރެއިނޭޖް މަސައްކަތާއި، މެޓަލް މަސައްކަތާއި، ބައްތި ހަރުކުރުމާއި، މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

your imageމާފުށީ ގައި އަލައް އިތުރުކުރެވުނު ބިން ބުރިޖަކުން ގުޅާލުމުގެ މަޝްރޫއު -- ފޮޓޯ: އެމްޓީސީސީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޝަރަފުވެރިކޮށްދެއްވި މި ރަސްމިއްޔާތުގައި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމްއާއި، މާފުށީ ކައުންސިލްގެ ރައީސް ހަސަން ސަލާހު އާއި، އެމްޓީސީސީގެ ޗީފް އެގްޒެކެޓިވް އޮފިސަރު އާދަމް އާޒިމްއާއި ޕްލޭނިންގް މިނިސްޓްރީ އަދި އެމްޓީސީސީގެ އިސްވެރިންނާއި، މާފުށީގެ ކައުންސިލް މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް