ads
މަޓީގެ އަހަރީ އާންމު ޖަލްސާއެއްގެ ތެރެއިން
ފަތުރުވެރިކަމުގެ ތަރައްގީއަށް އަބަދުވެސް އެހީ ވެދޭނަން:މަޓީ
ފަތުރުވެރިކަމުގެ ސިނާއަތް ދެމެހެއްޓެނެވި ގޮތެއްގައި ކުރިއެރުވުމަށްޓަކައި ވެދެވެން އޮތް އެހީތެރިކަމާއި އެއްބާރުލުން އަބަދުވެސް ލިބޭނެކަމުގެ ޔަގީންކަން ދޭ ކަމަށް މޯލްޑިވްސް އެސޯސިއޭޝަން ފޯ ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ން ބުނެފިއެވެ.

މިއަދު ނެރުނު ބަޔާނެއްގައި މަޓީން ބުނީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް 50 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަ ކުރުމަކީ އެޖަމިއްޔާގެ އެދުމެއް ކަމަށެވެ. މިކަމުގައި ދިވެހިރާއްޖޭގެ އެންމެހާ ލޮބުވެތި ރައްޔިތުން ބައިވެރިވުމަކީ ވެސް އެޖަމިއްޔާގެ ނުހަނުބޮޑު އެދުމެއް ކަމުގައި ވަނީ ބުނެފައެވެ.

2022 ވަނައަހަރަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް 50 އަހަރު ފުރިގެންދާ އަހަރެވެ. 1972 ވަނަ އަހަރު ވަރަށް އާދައިގެ ގޮތަކަށްފެށި ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް މިއަދުމިވަނީ ދުނިޔޭގެ މަގްބޫލުކަން ހޯދައި ފަތުރުވެރިންގެ މެދުގައި އެންމެ މަގްބޫލު އެއް މަންޒިލަށް ވެފައެވެ. މިއަދު ދިވެހިރާއްޖޭގެ މުޅި އިގުތިސޯދު މިވަނީ މިސިނާއަތާ ގުޅިލާމެހި، އެ ސިނާއަތަށް ބަރޯސާވެސް ވެފައެވެ.

މަޓީން ބުނީ ފާއިތުވެދިޔަ 50 އަހަރު ތެރޭގައި އެތައް ގޮންޖެހުންތަކެއް އެ ސިނާއަތަށް ވަނީ ކުރިމަތިވެފައި ކަމަށާއި، ނަމަވެސް މިހުރިހާ ގޮންޖެހުންތަކެއް ކަޑައްތުކުރެވުނީ މި ސިނާއަތަށް ނިސްބަތްވާ އަދި ހިއްސާވާ އެންމެންގެ މިންނެތް މަސައްކަތާއި އެއްބައިވަންތަކަމުގެ ރޫހުން ކަމަށެވެ.

"މި ހިދުމަތްތެރިންގެ އަގު ވަޒަންކޮށް އެފަރާތްތަކަށް މިޖަމިއްޔާއިން ފަށްފަށުން ޝުކުރު ދަންނަވަމެވެ. އަދި ދަންނަވަމެވެ. ފާއިތުވެދިޔަ ސަރުކާރުތަކާއި މިހާރުގެ ސަރުކާރުންވެސް މި ސިނާއަތް ކުރިއެރުވުމަށް ދެއްވާ އެއްބާރުލުމާއި ކުރައްވާ މަސައްކަތް މި ޖަމިއްޔާއިން ނުހަނު އުފަލާއިއެކު ފާހަގަ ކުރަމެވެ. " މަޓިން ނެރުނު ބަޔާނުގައިވއެވެ.

ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ލިބިފައިވާ ކުރިއެރުމަކީ ޕަބްލިކް-ޕްރައިވެޓް ޕާރޓްނަޝިޕް ފުރިހަމަގޮތުގައި ހިނގާކަމުގެ ދަލީލެއް ކަމަށް މަޓީން ބުނެއެވެ.

މަޓީން ބުނީ ރާއްޖޭގެ ތާރީހަށް ބެލިކަމުގައިވިޔަސް ޒަމާނުއްސުރެ ދިވެހިންނަކީ ވަރަށް އެކުވެރިކަމާއި އެއްބައިވަންތަކަމާއެކީ ކަންކަމާ ކުރިމަތިލާ ބައެއް ކަމަށާއި، މުޅި މުޖުތަމައުއަށް ދިމާވާ ބޮޑެތި ގޮންޖެހުންތަކާ ދަތިތަކުން އަރައިގަނެވެނީވެސް ދިވެހިންގެ މެދުގައި އޮންނަ އެކުވެރިކަމާ އެއްބައިވަންތަކަމުގެ ސަބަބުން ކަމަށެވެ. ކޯވިޑް 9 ގެ ބަލި މަޑުކަމުގެ އަސަރު ދިވެހިރާއްޖެއަށް ކުރަންފެށި ހިސާބުން އެކަމުން އަރައިގަތުމަށްޓަކައި ކެނޑިނޭޅި ކުރަމުންމިދާ ބުރަ މަސައްކަތަކީވެސް ދިވެހިންގެ މެދުގައި މިއޮތް އެއްބައިވަންތަކުމެ ލާމަސީލު މިސާލެއްކަމަށް މަޓީން ބުނއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް