އެމީހުން މުޒާހަރާ ކުރަމުންދިޔައީ ވަޒީފާގެ ފުރުސަތުތަކާއި ކާބޯތަކެއްޗާއި މިނިވަންކަމަށް ގޮވާލައެވެ. އެ މުޒާހަރާގައި ގިނަ އަދަދެއްގެ އަންހެނުން ވެސް ވަނީ އެތަނަށް އެއްވެފައެވެ.
ރަޝިޔާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ތާލިބާނުން ހަމަލާތައް އަމާޒުކުރަމުންދިޔައީ މުޒާހަރާ އެއްކޮށް ހުއްޓުވުމަށެވެ.
ބޭރުގެ ރިޕޯޓްތަކުން ބުނާގޮތުގައި އަފްގާނިސްތާނުގެ ކުރީގެ ވިމެން އެފެއާޒް މިނިސްޓްރީ މިހާރު ވަނީ މިނިސްޓްރީ އޮފް ޕްރޮމޯޝަން އޮފް ވާޗޫ އެންޑް ޕްރިވެންޝަން އޮފް ވައިސް އަށް އަފްގާނިސްތާނުގެ އިސްލާމިކް އެމިރޭޓުން ބަދަލުކޮށްފައެވެ.
މީގެ އިތުރުން މިދިޔަ ބުރާސްފަތި ދުވަހު ތާލިބާނުން ވަނީ އަފްގާނިސްތާނުގެ މިނިސްޓްރީ އޮފް ޕީސް އެފެއާޒް އާއި އިލެކްޝަން ކޮމިޝަން އަދި އިންޑިޕެންޑެންޓް އިލެކްޝަން ކޮމްޕްލެއިންޓްސް ކޮމިޝަނުގެ ބައިތައް ވެސް އުވާލާފައެވެ.