ads
އެޗްޑީސީ
އެޗްޑީސީން މަސައްކަތުގެ މައިދާނަށް 56 މީހުން ތަމަރީންކޮށް 24 މީހަކަށް ވަޒީފާ ދީފި
މި އަހަރު ބޭއްވުނު އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި 56 މީހުން ބައިވެރިވެ، ޤައުމީ ލެވެލް 3 ގެ ސަނަދެއް ވަނީ ހާސިލްކޮށްފައިވާ ކަމަށާއި، އަދި މީގެތެރެއިން، 24 ބައިވެރިންނަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީން) ވަޒީފާ ދީފައިވާކަމަށް އެކުންފުނިން ބުނެފިއެވެ.

ވަޒީފާ ދިން މީހުގެ ތެރޭގައި، 5 އެސިސްޓެންޓް ވެލްޑާސް، 2 އެސިސްޓެންޓް ގާރޑްނާސް، 6 އެސިސްޓެންޓް ކޮންސްޓްރަކްޝަން އޮފިސަރސް، 5 އެސިސްޓެންޓް އިލެކްޓްރީޝަން ، 5 ހެވީ ވެހިކަލް ޑްރައިވާ އަދި 1 އެސިސްޓެންޓް މޭސަން ހިމެނެއެވެ.

6 މަސްދުވަހުގެ މުއްދަތައް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގެ ބައިވެރިންނަށް އެލަވަންސްއެއްގެ ގޮތުން ކޮންމެ މަހަކު 6000 ރުފިޔާ ވަނީ ދީފައެވެ. 

މި ޕްރޮގްރާމްގެ ދަށުން ހެވީވެހިކަލް، ވެލްޑިންގ، މޭސަނަރީ، ގާރޑަނިންގ، އިލެކްޓްރިކަލް އަދި ކޮންސްޓްރަކްޝަން ދާއިރާއިން މީހުން ވަނީ ތަމްރީނު ކުރެވިފައެވެ. މި ޕްރޮގްރާމް ފުރިހަމަ ކުރި ފަރާތްތަކަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ޤަބޫލުކުރާ ނެޝަނަލް ލެވެލް 3 ގެ ސަނަދެއް ވަނީ ދެވިފައެވެ. 

" އަޅުގަނޑު ސައިޓް ސުޕަވައިޒަރެއްގެ ގޮތުގައި މަސައްކަތް ކުރީ ސިވިލް އިންޖީނިއަރިންގެ ރޮގުން ކުރިޔަށް ދިޔުމުގެ ގޮތުން. ގިނަ މީހުން ދެކޭ ގޮތުގައި މިއީ ވަރަށް ފަސޭހަ ކަމެއް އެހެންނަމަވެސް މިއީ ވަރަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމެއް. އަޅުގަނޑަށް މި ޕްރޮގްރާމްގައި ދަސްވެފައިވާ އެންމެ މުހިއްމު ކަމަކީ ގަޑިއަށް މަސައްކަތަށް ހާޒިރުވުމުގެ މުހިއްމުކަމުގެ އިތުރުން ތަފާތު އެކި މީހުންނާއި އެކު މަސައްކަތް ކުރުން. މިކަމަށް ޝައުޤުވެރިކަން ހުންނަ ފަރާތްތަކަށް އަޅުގަނޑު އެދެނީ މިފަދަ ޕްރޮގްރާމްތަކުގައި ބައިވެރިވުން." އެޗް.ޑީ.ސީ އަށް ދިން އިންޓަރވިއު އެއްގައި ކޮންސްޓްރަކްޝަން ސައިޓް ސުޕަވިޝަން ޕްރޮގްރާމްގެ ބައިވެރިއެއް ކަމުގައިވާ މޫސާ ފިޒާލް ވިދާޅުވި ކަމަށް އެޗްޑީސީން ބުނެއެވެ.

މަސައްކަތުގެ މައުހައުލުގައި ހުނަރުވެރި ޒުވާނުންތަކެއް އުފައްދާ ވަޒީފާގެ ބާޒާރަށް ނެރުމުގެ ގޮތުން އެޗް.ޑީ.ސީ ގެ ފަރާތުން ބޭއްވި އެޕްރެންޓިސްޝިޕް ޕްރޮގްރާމް ކުރިއަށް ގެންދިޔައީ މޯލްޑިވްސް ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން އެންޑް ޓްރެއިނިންގ އޮތޯރިޓީ (ޓިވެޓް)ގެ ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ އުސޫލުތަކާއި ހަމަތަކާއި އެއްގޮތްވާ ގޮތުގެ މަތިން ކަމަށް އެޗްޑީސީން ބުނެއެވެ.

އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވެ ގިނަ ދާއިރާތަކުން ހުނަރުވެރި ޒުވާނުންތަކެއް އުފެދިގެން ދިއުމަކީ އެ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށާއި، އަދި މުސްތަޤްބަލުގައި މިކަހަލަ ޕްރޮގްރާމްތައް އެ ކުންފުނީގެ ފަރާތުން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެކުންފުނިން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް