ads
ޓީސީ - މާޒިޔާ މެޗުގެ ކުރިން
ޕްރެޒިޑެންޓްސް ކަޕް: ޓީސީ އަތުން މާޒިޔާއަށް އުނދަގޫ މޮޅެއް
ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގައި މާޒިޔާއާ ޓީސީ ވާދަކުރި މެޗުން މާޒިޔާ މޮޅުވެއްޖެއެވެ.

މާޒިޔާއާ ޓީސީ ވާދަކުރި މެޗުން މާޒިޔާ މޮޅުވީ ދެ ލަނޑު އެއް ލަނޑުންނެވެ. މި ނަތީޖާއާއި އެކު ކުޅުނު ތިން މެޗުންވެސް މޮޅުވެ މާޒިޔާ އޮތީ ޓޭބަލްގެ ދެވަނައިގަ އެވެ. ޓޭބަލްގެ އެއްވަނައިގަ އޮތީ ވެލެންސިޔާއެވެ. ވެލެންސިޔާއަށްވެސް ތިން މެޗުން ނުވަ ޕޮއިންޓް ލިބިފައިވާއިރު މާޒިޔާއަށްވުރެ ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ. 

މާޒިޔާއިން ބުރާސްފަތި ދުވަހުގެ ރޭ ކުޅުން މެޗުގައި ޓީސީ ކޮޅަށް ޖެހި ދެ ލަނޑު ޖަހާފައިވަނީ އިބްރާޙިމް އައިސަމްއާ، އިބްރާހީމް ވަހީދު ހުސެއިންއެވެ. މި ދެލަނޑުވެސް މާޒިޔާއިން ޖެހީ ފުރަތަމަ ހާފުގައެވެ. ޓީސީގެ ލަނޑު މެޗު ނިމެން ކައިރިވެފައިވަނިކޮށް ޖެހީ މުހައްމަދު މުސްލިހުއެވެ. 

ޕްރެޒިޑެންޓްސް ކަޕްުގައި މާޒިޔާ ދެން ނުކުންނާނީ ދަގްރާންޑޭއާ ދެކޮޅަށެވެ. ޓީސީ ނުކުންނާނީ ވެލެންސިޔާއާ ދެކޮޅަށެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް