ads
މުއިއްޒު
މުޅި މާލެ ހިލޭ ވައިފައި ކުރުން މިއަހަރު ނިންމާލެވޭނެ: ޑރ. މުއިއްޒު
މުޅި މާލެ ހިލޭ ވައިފައި ކުރުމަށް ސިޓީ ކައުންސިލުން ފަށާފައިވާ މަސައްކަތް މިއަހަރު ނިންމާލެވޭނެ ކަމަށް އުންމީދު ކުރައްވާކަަމަށް މާލޭ ސިޓީ ކައުންސިލުގެ މޭޔަރު މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މި އުފާވެރި އުންމީދު މޭޔަރު މުއިއްޒު ދެއްވީ އާ އަހަރުގެ ތަހުނިޔާ މާލެ ސިޓީގެ ރައްޔިތުންނަށް ފޮނުވަމުން އާއްމުކޮށްފައިވާ ވީޑިއޯ މެސެޖެއްގައެވެ. 

މިފެށުނު 2022 ވަނަ އަހަރަށް މާލެ ސިޓީ ކައުންސިލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މުހިންމު މަސައްކަތްތަކަށް އަލި އަޅުއްވާލައްވާ ވާހަކަފުޅު ދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ، އަމާޒަކީ ހިލޭ ވައިފައި ނިޒާމުގެ މައިގަނޑު މަޤްޞަދު ކަމުގައިވާ ޒަމާނީ ޑިޖިޓަލައިޒް ސިޓީއަކަށް މާލެ ބަދަލުކުރުން ކަމަށެވެ.

"މާލޭގެ އާންމު ސަރަހައްދުތަކާއި މަގުތަކުގައި ހިލޭ ވައިފައި ބޭނުންކުރެވޭނެ ނިޒާމް ގާއިމް ކުރުމަށް ފެށިފައިވާ މަސައްކަތްވެސް މިއަހަރުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އުންމީދުކުރެވޭ" މުއިއްޒު ވިދާޅުވިއެވެ.

މާލޭ ވައިފައި ކުރުމުގެ މަސައްކަތް ފަށާފައިވާކަން އެންމެ ފުރަަތަމަ ޑރ. މުއިއްޒު އިއުލާންކުރައްވާފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެތެރޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

އެފަހަރު ވިދާޅުވެފައިވަނީ އެމަސައްކަތާއި ގުޅިގެން ދިރާގު އަދި އުރީދޫއާއި ބިނާކުރަނިވި ބައްދަލުވުންތަކެއް ބާއްވާފައިވާކަމަށާއި ހަފްތާއެއްތެރޭ އެކުންފުނިތަކުން ޕްރޮޕޯސަލް މާލޭ ސިޓީ ކައުންސިލަށް ހުށަހަޅާނެކަމަށެވެ.

މުއިއްޒު އޭރު ވިދާޅުވެފައިވާގޮތުގައި މާލެ ވަައިފައި ކުރެވުމުން ވިލިމާލެ ވައިފައި ކުރުމުގެ މަސައްކަތް ވެސް ފަށާނެ އެވެ. ނަމަވެސް އެމަސައްކަތް ފެށޭނީ ހުޅުމާލޭގެ މުނިސިޕަލް ހުރިހާ ކަމެއް ސިޓީ ކައުންސިލާ ހަވާލުކުރުމުން ކަމަށްވެސް އެފަހަރު ވިދާޅުވި އެވެ. 

މާލޭ ހިލޭ ވައިފައި ކުރުމުގެ މަސައްކަތުގެ ތެރެއިން މާލޭގެ މަގުތަކާއި، އާންމު މައިޒާންތަކާއި، ޕަބްލިކް ތަންތަންވެސް ވައިފައި ކުރާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އެގޮތުން ވިސްނުމަކީ ވަކި ލިމިޓަކާއި ހަމައަށް ފްރީ އެކްސެސް ވައިފައިން ލިބޭނެ ގޮތަށް މާލޭ ސިޓީ ބަދަލުކުރުންކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

މާލެ ވައިފައި ކުރުމަކީ ސިޓީ ކައުންސިލުން މިދައުރަށް ފާސްކޮށްފައިވާ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ވެސް ހިމެނޭ ކަމެކެވެ.

50%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް