ads
ފޮޓޯ: ވެމްކޯ
އަމާޒަކީ ފޮޅާ ސާފުކުރާ ހިދުމަތުން އާމްދަނީ 7 މިލިއަނަށް ޖެއްސުން: ވެމްކޯ
އަމާޒަކީ ފޮޅާ ސާފުކުރާ ހިދުމަތުން އާމްދަނީ ހަތް މިލިއަނަށް ޖެއްސުން ކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕޮރޭޝަން (ވެމްކޯ)ގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ޖަލީލް ވިދާޅުވެއްޖެ އެވެ.
Advertisement

އިމާރާތްތައް ފޮޅާ ސާފުކުރުމުގައި، ހާއްސަކޮށް ސަރުކާރުގެ އޮފީސްތަށް ސާފުކުރުމުގެ ހިދުމަތް ގިނަ ފަހަރަށް ކުރިއަށް ގެންދަނީ އަމިއްލަ ފަރާތްތަކުންނެވެ. އެގޮތުން ދާދިފަހުން ވެމްކޯއިން ވަނީ ފޮޅާ ސާފުކުރުމުގެ ހިދުމަތް ފަށައިގަންނަން އިއުލާންކޮށްފަ އެވެ.

މިކަމާ ގުޅޭ ގޮތުން ވާހަކަދައްކަވާ ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން ކުންފުނީގެ އެމްޑީ މުޖުތަބާ ވިދާޅުވީ މިހާރު ވެމްކޯއިން ވަނީ ހަ ކުންފުންޏެއްގެ ސާފުކުރުމުގެ މަސައްކަތް ފައްޓާފައިކަމަށެވެ.

މިއަދާ ހަމައަށް އާއިރު ވެމްކޯގެ ޓައިމްލައިންގައި އިތުރު 10 ކުންފުޏެއް، ކުރިއަށް އޮތް 2 މަސް ތެރޭ ސާފުކުރަން ފަށަގޮތަށް ރޭވިފައިވާކަމަށް އެމްޑީ ވިދާޅުވި އެވެ.

"އޭގެ މާނައަކީ އަޅުގަނޑުމެންނަށް މީގެ ސަބަބުން ފުދޭވަރަކަށް ބޮޑު ރެވެނިއުއެއް އިންކްރީޒް ކުރެވިގެންދާނެ، އަޅުގަނޑުމްންގެ އަންދާޒާއަކީ ގާތްގަނޑަކަށް 7 މިލިއަން އާ ހަަމައަށް އިނީޝިއަލް ސްޓޭޖްގައިވެސް ގެންދިއުން" ވެމްކޯގެ އެމްޑީ މުޖުތަބާ ވިދާޅުވި އެވެ.

އެ މަސައްކަތުގެ އެންމެ ބޮޑު އަމާޒަކީ ސަރުކާރުން ކުރާ ހޭދައަށް، "ވެލިއު ފޯ މަނީ"  އެ މެކޭނިޒަމްގެ ދަށުން ކުރިއަށްގެންދިއުން ކަމަށް މުޖުތަބާ ވިދާޅުވި އެވެ.

ގިނަ ފަހަރަށް ޕްރައިވެޓް ސެކްޓާގެ މަސައްކަތްކުރާ ފަރާތްތަކުން ފާހަގަކުރެވިފައި އޮތީ ބިޑްކޮށްގެން ވަރަށް ކުޑަ އަގެއް ހުށަހަޅަމުންދާ ކަން ކަމަށާއި ހުށަހަޅާއިރުގައި އެ މަސައްކަތް ކުރަން ހޭދަ ކުރާ އަގަަކަށް، އެފަރާތްކަށް ލިބޭ ރެވެނިއުއަކަށް ދިމައެއް ނުވާކަމަށްވެސް މުޖުތަބާ ވިދާޅުވި އެވެ.

"ރެވެނިއު ދިމާ ނުވާތީވެ އެތަނެއްގައި އެ ސާވިސްވެސް ރަނގަޅަށް ނުދެވި ހުންނާނީ، ބޭނުން ކުރާ އާލާތްތައް ތަފާނު ވާނެ، އަންނަ މީހުންގެ ކޮލިޓީ ތަފާތު ވާނެ އަދި ބައެއް ފަހަަރށް ހިތަށް އަރާނެ އެތަން ފޮޅަން ބަޔަކު ގެނައުމަށްވުރެ ނުގެނެއުން މާރަނގަޅޭ، ހިތަށް އަރާފަހަރުވެސް އަންނާނެ، ވަހުގެ ގޮތުންވެސް، އަދި ބޭނުން ކުރާ މޮޕުގެ ގޮތުންވެސް، މި ސާވިސް އަދި މި ސްޓޭންޑާޑް މެއިންޓެއިން ކުރަން، އަޅުގަނޑުމްގެ ތެރޭގައި އެ ސާވިސް ، ކޮލިޓީ ސާވިސް އަޅުގަނޑުމެން ސުޕާވައިޒަރުންގެ ސުޕާވިޝަންގެ ތެރެއިިން ކުރިއަށް ދާނީ، ބޭނުން ކުރާނީ ވެސް ދިވެހިން ގިނައިން" މުޖުތަބާ ވިދާޅުވި އެވެ.

މަސައްކަތު މާހައުލަށް ނުކުންނަން ބޭނުންވާ އެކި އުމުރުފުރާތަކެއް ހުރިކަމަށް ފާހަގަކޮށް އެމްޑީ ވިދާޅުވީ ހާއްސަކޮށް އަންހެން ކަނބަލުން ތިބި ކަމަށެވެ. އަންހެން ކަނބަލުން ގޭތެރޭގައި ތިބެ ދަރިން ބަލައި، ވަކި އިރެއް ވަނދެން ދަރިނަށް އެކަމުގައި އުޅެފައި، މަސައްކަަތަށް ނުކުންނަން ބޭނުންވާ ފަރާތްތައް ހުރިކަމަށް މުޖުތަބާ ފާހަގަކުރެއްވި އެވެ.

އާމްދަނީއެއް ހޯދޭނެ ފުރުސަތު އެބައޮތް ކަމަށާއި ދިވެހީންނަށް ހާއްސަކޮށްގެން ފުރުސަތު ހުޅުވާލީމާ ގިނަ ފަރާތްތަކަށް ވަޒީފާ ލިބިގެންދާނެ ކަމަށް މުޖުތަބާ ވިދާޅުވި އެވެ. އެ މަސައްކަތަށް ދިވެހިން ބޭނުން ކުރާ ކަމުގައި ވަނީނަމަ އިކޮނޮމީގައި ފައިސާ ރޯލް ވުމުގެ ފުރުސަތުވެސް އޮންނާނެ ކަމަށް ފާހަގަކޮށް މުޖުތަބާ ވިދާޅުވީ އެގޮތަށް ހެދުމުން ރާއްޖެއިން ބޭރަށް ފައިސާއެއް ނުދާނެ ކަމަށެވެ. އަދި އޭރުން ޑޮލަރުގެ ޑިމާންޑްވެސް ރާއްޖޭގައި އޮންނާނެ ކަމަށް މުޖުތަބާ ވިދާޅުވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް