އަލިފާނުގެ ހާދިސާ ހިނގައިފައިވަނީ އާދިއްތަ ދުވަހު ޖީއެމްޓީ ގަޑިން 5:30 ހާއިރު އެވެ.
އަލްޖަޒީރާއިން ރިޕޯޓްކުރާ ގޮތުގައި އަލިފާންގަނޑު ގާނޫނު ހަދާ މަޖިލީހުގެ ފުރާޅާ ހަމައަށް ފޯރައިފައިވާއިރު އަލިފާން ނިއްވުމުގައި ފަޔާ ފައިޓަރުން ހަރަކާތްތެރިވަމުން ދިޔައެވެ.
އަދި މިހާތަނަށް އަލިފާންގަނޑު ކޮންޓްރޯލްކުރެވިފައިނުވުމުގެ ސަބަބުން އެ އިމާރާތުގެ ފާރުތަކުގައި ރެނދު ލާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
އަލިފާން ރޯވުމުގެ ސަބަބުން އިމާރާތަައް ބޮޑު ގެއްލުމެއް ލިބިފައިވާއިރު އަދި މިހާތަނަށް އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ދަނެގަނެވިފައެއް ނުވެއެވެ.
އެގައުމުގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި އަލިފާން ނިއްވުމުގައި 36 ފަޔާފައިޓަރުން ހަރަކާތްތެރިވަމުން އަންނައިރު އިތުރު ވަސީލަތްތައް ހޯދުމަށް އިދާރާތަކުގައި މިހާރު އެދިފައިވެއެވެ.