ads
މުރްނާލް…
މުރްނާލް ކޮވިޑަށް ޕޮޒިޓިވް، ހާލު ގޯހެއް ނޫން!
ބޮލީވުޑް ބަތަލާ މުރްނާލް ތާކުރް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އޭނާ ވަނީ އެ ބައްޔަށް ހުށަހެޅުނުކަން ފޭނުންނަށް ސޯޝަލް މީޑިއާ މެދުވެރިކޮށް އަންގާފައެވެ.

މުރްނާލް ބުނެފައިވަނީ މިވަގުތު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށާއި ނަމަވެސް އޭނާގެ ހާލު އޯކޭ ކަމަށެވެ.

އަލާމާތްތައް ފެންނަން ފެށުމާއެކު ޓެސްޓު ކުރުމުން ނަތީޖާ ޕޮޒިޓިވްވުމާއެކު ޑޮކްޓަރުންނާއި ސިއްހީ މާހިރުންގެ ލަފާގެ މަތިން އެކަހެރިވެފައިވާ ކަމަށް އޭނާ ވަނީ ބުނެފައެވެ. އަދި އޭނާ އާ ގާތުން ދިމާވި މީހުން ވެސް ބައްޔަށް ޓެސްޓު ކުރުމަށް ވެސް އޭނާ ވަނި އެދިފައިވެއެވެ. 

މުރްނާލް ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު އޭނާގެ ކުރިއަށް އޮތް ފިލްމު ވެސް ވަނީ ކޮވިޑްގެ ސަބަބުން ރިލީޒްކުރުން ލަސްކޮށްފައެވެ.

ޝާހިދު ކަޕޫރު ކްރިކެޓް ކުޅުންތެރިއެއްގެ ރޯލުން ފެންނާނެ "ޖާޒީ" ރިލީޒްކުރަން ފުރަތަމަ ހަމަޖައްސާފައިވަނީ ނިމިދިޔަ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހަށެވެ.

your imageޝާހިދު އާއި މުރުނާލް…

އެހެން ކަމުން މި އަހަރުގެ ތެރެއަށް ފިލްމު ރިލީޒްކުރުން ފަސް ކުރި އިރު އެ ފިލްމު ސިނަމާތަކަށް ނުގެނެސް އޮންލައިން ޕްލެޓްފޯމްއަކުން ފިލްމު ރިލީޒްކުރާ ވާހަކަތަކެއްގެ އަޑުތަކެއް ވެސް މިވަނީ ގަދަވާން ފަށާފައެވެ.

އިންޑިއާގެ ކޮވިޑްގެ ހާލަތު ހަމައަކަށް އެޅިގެން ނުދާއިރު މި ފަހުން ބޮލީވުޑްގެ ގިނަ ތަރިންނަށް ވެސް ކޮވިޑް ޖެހުނުކަން ފާހަގަކޮށްލެވެއެވެ. 

އެގޮތުން ކަރީނާ ކަޕޫރާއި އަމްރިތާގެ އިތުރުން ނޯރާ ފަތޭހީ ވެސް ވަނީ ކޮވިޑް ޖެހި އެކަހެރިވެފައެވެ. އަދި މި ބަލީގައި ވަރަށް ވަރުވަމުންދާކަމަށް ނޯރާ ވަނީ މީޑިއާ ތަކުގައި ބުނެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް