ads
އޭސް ޓްރެވަލްސް މޯލްޑިވްސް
އޭސް ޓްރެވަލްސް މޯލްޑިވްސްގެ ހިދުމަތްތައް އައްޑޫ ސިޓީއަށް
އޭސް ޓްރެވަލްސް މޯލްޑިވްސް އިން އެކުންފުނީގެ ހިދުމަތްތަށް އައްޑޫ ސިޓީގައި ފުޅާ ކޮށްފިއެވެ.

މިދިޔަ ހޮނިހިރު ދުވަހު އެކުންފުނިން ހުޅުވި މި ކޯލް ސެންޓަރާއި އެކު އެ ތަނުގެ ހިދުމަތް ހޯދުމަށް ބޭނުންވާ ކަސްޓަމަރުންނަށް ފަސޭހައިން ގިނަ ހިދުމަތް ތަކެއް ލިބިގެން ދާނެ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ. 

އެގޮތުން ފްލައިޓް ބުކިން، ހޮޓެލް އަދި ޓުއާ ޕެކޭޖްގެ އިތުރުން ބޭސްފަރުވާ އަށް ދިއުމުގެ ހިދުމަތާއި އަދިވެސް ގިނަ ހިދުމަތްތަކެއް ލިބިގެން ދާނެ ކަމަށް އެކުންފުނިން ވަނީ ފާހަގަ ކޮށްފައެވެ. 

ކޮންމެ ހަފްތާއެއްގެވެސް ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ހެނދުނު 08:30 އިން ރޭގަނޑު 21:00 އަށް ކޯލް ސެންޓަރުން ހިދުމަތް ލިބިގެން ދާނެ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

އަދި އެ ކުންފުނީގެ ފޯނު ނަމްބަރު 3336886 އަދި 7926087 އަށް ގުޅުމުންވެސް ހިދުމަތް ލިބޭނެ ކަމަށް އޭސް ޓްރެވަލްސް އިން ވަނީ ބުނެފައެވެ. 

އޭސް ޓްރެވަލްސް މޯލްޑިވްސް އަކީ ރާއްޖޭގެ ޕްރިމިއަރ އިންބައުންޑް ޑީއެމްސީ އަދި އައުޓްބައުންޑް ޓްރެވަލް އެޖެންޓެކެވެ. 2020 އަދި 2021 ވަނަ އަހަރު އެންމެ ކުރިއަރާފައިވާ 100 ކުންފުނީގެ ތެރޭގައި އެކުންފުނީގެ ނަންވަނީ ފެވިގެން ގޮސްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް