ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ޑޮލަރުތަކެއް ފޭރިގަތި މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުއެވެ. އެ މައްސަލައިގައި އެކި ފަހަރު މަތިން ޖުމްލަ އަށް މީހުން ހައްޔަރުކޮށްފައިވެއެވެ.
ޑޮލަރު ފޭރުނު މައްސަލައިގައި ހައްޔަރު ކުރި މީހުން
1- ގއ. ވިލިނގިލި، ބިނާ، ޢަބްދުލްއައްވަލް އިބްރާހީމް އަބޫބަކުރު (27އ)
2- ތ. ވިލުފުށި، އެހީވާގެ، އަޙްމަދު މާޙިދު (44އ)
3- ސ. ހިތަދޫ، ވަށަގުލިމާގެ، ޢަލީ އަފްޒަލް (21އ)
4- ލ. މާވަށް، ރޭޝަމް، މާޒިން މޫސާ (25އ)
5- މާލެ، މ. ކޯރަސް، އަޙްމަދު ރައިހާން ނަޢީމް (20އ)
6- ކ. ގުރައިދޫ، އަޅިވިލާގެ، އިބްރާހީމް އަނޫފް (24އ)
7- ކ. ގުރައިދޫ، އަޅިވިލާގެ، ޙުސައިން ޝަހުދު (30އ)
8- ރ. މަޑުއްވަރި، މީޒާން، އިސްމާޢީލް ސިރްޙާން (30އ)
މިދިޔަ އަހަރުގެ އޮކްޓޫބަރު 27 ވަނަ ދުވަހުގެ ރޭ ފަތިހު 4:45 ހާއިރު މޫނު ނިވާކޮށްގެން ތިބި ބަޔަކު އެއާޕޯޓް ތެރެއިން، ބީއެމްއެލްގެ ފައިސާ ބްރިފްކޭސް ފޭރިގެންފައި ވަނީ، ބާ ޓާމިނަލާއި އާ ޓާމިނަލް ގުޅުވައިދޭ ވޯކްވޭގެ ތެރެއިންނެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;