މާލޭގައި ހުންނަ ފުލުހުންގެ އަވަށު ސްޓޭޝަންތަކުން މިދިޔަ 48 ގަޑިއިރުގެ ތެރޭގައި ފުލުހުން ކުރި މަސައްކަތްތަކުގެ ހިސާބުތައް ވަނީ އާއްމުކޮށްފައެވެ.
އެ ހިސާބުތައް ދައްކާގޮތުން ހެންވޭރު ޕޮލިސް ސްޓޭޝަނަށް ވަނީ 24،400 ރުފިޔާގެ ވައްކަމުގެ މައްސަލަ ހުށައަޅާފައެވެ. އެ ފައިސާގެ ތެރެއިން 4000 ރުފިޔާ ހޯދާދީފައިވާކަމަށް ފުލުހުން ބުނެއެވެ.
މާފަންނު ޕޮލިސް ސްޓޭޝަަނަށް ވަނީ 62،400 ރުފިޔާގެ ވައްކަމުގެ މައްސަލަ ހުށައަޅާފައެވެ. އެ ފައިސާގެ ތެރެއިން 2400 ރުފިޔާ ހޯދާދީފައިވާކަމަށް ފުލުހުން ބުނެއެވެ. ވައްކަމުގެ އެންމެ ބޮޑު އަދަދެެއް ރިޕޯޓްކޮށްފައިވަނީ ގަލޮޅު ޕޮލިސް ސްޓޭޝަނަށެވެ. އެގޮތުން ގަލޮޅު ޕޮލިސް ސްޓޭޝަަނަށް ވަނީ 224،600 ރުފިޔާގެ ވައްކަމުގެ މައްސަލަ ވަނީ ހުށައަޅާފައެވެ. ފުލުހުން ބުނީ މި ފައިސާ އެއްކޮށް ހޯދާދީފައިވާކަމަށެވެ.
ފުލުހުންގެ ހިސާބުތައް ދައްކާގޮތުން އެކި މައްސަލަތަކުގައި މިދިޔަ 48 ގަޑިއިރުގެ ތެރޭގައި 11 މީހުން ހައްޔަރުކޮށްފައިވާކަމަށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;