އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު އޮތް ހުޅުމާލެ ދެކުނު ދާއިރާގެ ދޮރުން ދޮރަށް ހަރަކާތް ނިންމަވާލައްވަމުން މީޑިއާތަކަށް ވާހަކަދައްކަވަމުން ނެވެ. ރައީސް ވަނީ މާލޭގެ ހުރިހާ ދާއިރާއެއްގައި ދޮރުން ދޮރަށް ހިންގަވާފަ އެވެ. އަދި ވިލިމާލޭގައި ވެސް ވަނީ ދޮރުން ދޮރަށް ހިންގަވާފަ އެވެ. މިއަދު ވަނީ ހުޅުމާލޭގެ އެކި ދާއިރާތަކުގައި ދޮރުން ދޮރަށް ހަރަކާތް ފައްޓަވާފަ އެވެ.
ރައީސް ވިދާޅުވީ ދޮރުން ދޮރަށް ހަރަކާތަށް ފަހު މިހާތަނަށް މީޑިއާތަކަށް އެއްޗެއް ވިދާޅުނުވާ ކަމަށާ ނަމަވެސް ހުޅުމާލެ ދެކުނު ދާއިރާ އިން ކަމެއް ފާހަގަވުމުން ރައްޔިތުންނަށް ސާފުކޮށް ދެއްވަން ބޭނުންފުޅުވީ ކަމަށެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު ޒިޔާރަތް ކުރެއްވި ގޭގެއިން އެ ދާއިރާގައި އެމަނިކުފާނުގެ ތާޢީދު އޮތީ އެމްޑީޕީގެ ކެންޑިޑޭޓަށް ކަަމަށް އެ ކެންޑިޑޭޓު ބުނެފައިވާތީ އެކަން ސާފުކޮށްދޭން ރައްޔިތުން އެދިފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ ހުޅުމާލެ ދެކުނު ދާއިރާ އިން އެމަނިކުފާނުގެ ފުރިހަމަ ތާއީދު އޮތީ ޕީއެންސީގެ ކެންޑިޑޭޓް އަހުމަދު އުބައިދު (އުބޭ) އަށް ކަމަށެވެ. އެ ދާއިރާއަށް އެމްޑީޕީ ކެންޑިޑޭޓަކާއި އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓަކު ކުރިމަތިލާފައިވެ އެވެ.
ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި އެ މަނިކުފާނަކީ ސިޔާސީ ޕާޓީގެ ނިޒާމު ގަބޫލުފުޅު ކުރައްވާ ބޭފުޅެކެވެ. އެހެންވެ، ބޭނުންފުޅުވަނީ ޕީއެންސީ އަށް ކުރިއެރުން ލިބެން ކަމަށް ވިދާޅުވި އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;