
އެޗްޑީސީން ކުޅިވަރުތަކަށް ޝައުޤުވެރިކަން ހުންނަ ކުދިންނަށް ބާއްވާ "މައިހުޅުމާލެ ވޯޓަރ ސްޕޯޓްސް ކޭމްޕް 2021 "ކުރިޔަށް ގެންދިޔުން އޮތީ 26 ޑިސެމްބަރ 2021 އިން ތިނެއް ޖަނަވަރީ 2022 އާއި ހަމަޔަށެވެ.
މި ކޭމްޕްގެ ހަރަކާތްތައް ކުރިޔަށް ގެންދިޔުމަށް ރޭވިފައި ވަނީ 13 އަހަރާ 19 އަހަރާ ދެމެދުގެ ޖުމްލަ 63 ކުދިންނަށް ކަމަށް އެޗްޑީސީން ބުނެއެވެ.
އަދި މި ކޭމްޕް ނިންމާލެވޭނީ ބައިވެރި ވާ ކުދިންގެ މެދުގައި 1 ދުވަހުގެ މުބާރާތެއް ބޭއްވުމަށްފަހުގައި ކަމަށް ވެސް އެކުންފުނިން ބުނެއެވެ.
ކުޅިވަރުތަކަށް ޝައުގުވެރިކަން ހުންނަ ކުދިންނަށް އެ ފުރުސަތުތައް ހޯދައިދިނުމުގައި، އެޗް.ޑީ.ސީ އިން ދަނީ ގިނަ މަސައްކަތް ތަކެއް ކުރަމުން ކަމަށާއި، އެގޮތުން، މޫދު ކުޅިވަރަށް ޝައުގުވެރިކަން ހުންނަ ކުދިންނަށް އަމާޒުކޮށްގެން އެޗް.ޑީ.ސީ ގެ ފަރާތުން ހުޅުމާލެގައި "މައިހުޅުމާލެ ވޯޓަރ ސްޕޯޓްސް ކޭމްޕް 2021 "ވެސް ވަނީ ބާއްވާފައި ކަމަށް އެކުންފުނިން ބުނެއެވެ.
މިއީ ސްކޫލް ކުދިންގެ މިޑް ޓާރމް ބަންދާއި ގުޅުވައިގެން ބޭއްވުމަށް ހަމަޖެހިފައިވާ ހަރަކާތެއްކަމަށާއި، މި ކޭމްޕްގެ މަގްސަދަކީ، ހުޅުމާލެގައި ދިރިއުޅޭ ދެ ޖިންސްގެ ކުދިންނަށް އަމާޒުކޮށްގެން، މޫދު ކުޅިވަރެއް ކަމުގައިވާ "ސްޓޭންޑް އަޕް ޕެޑަލް ބޯޑު" ދަސްކޮށްދިނުން ކަމަށް އެކުންފުނިން ބުނެއެވެ.
މި ކޭމްޕްގައި ހިމެނޭ 15 ޕާޓްނަރުންގެ ތެރޭގައި:
1 -މޫދު ކު ލަބް
2 -ވައިޓް ބީޗް ވޯޓަރ ސްޕޯޓްސް
3 -ބުލޫ ހޮރިޒަން
4 -ޑީޕް ބުލޫ އެކްސްޓްރީމް ވޯޓަރ ސްޕޯޓްސް
5 -ޕްރޯ އެކްސްކަރ ޝަންސް މޯލްޑިވްސް
6 -ޖަސްޓް ސޯލްޓް
7 -ރިއޯ ވޯޓަ ރ ސްޕޯޓްސް
8 -މޯލްޑިވްސް ވޯޓަރ ސްޕޯޓްސް
9 -ސީހޮލިކްސް
10 -ބީޗް ކްލަބް މޯލްޑިވްސް
11 -ބީޗް ބަޑީސް
21 -މެރިން ޕޮލިސް
13 -އެމް އާރް ސީ
14 -ހުޅުމާލެ ޕޮލިސް
15 -ހުޅުމާލެ ހޮސްޕިޓަލް
އެޗް.ޑީ.ސީ ގެ ފަރާތުން ކޮންމެ އަހަރަކުވެސް ސިލްސިލާކޮށް މިފަދަ ޕްރޮގުރާމްތައް ކުރިޔަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. އަދި ހަމައެހެންމެ، މިފަދަ ޕްރޮގުރާމްތަކަށް ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް އެ ކޯޕަރޭޝަންގެ ފަރާތުން މި ފުރު ޞަތުގައި ޝުކުރުއަދާކުރެއެވެ