ads
އެޓޯލް ޔޫތު ކްލައިމެޓް ލީޑާސް ހޮވުމަށް ފުރުސަތު ހުޅުވާލައިފި
"އެޓޯލް ޔޫތް ކްލައިމެޓް ލީޑާރސް" އަށް ވުމަށް ފުރުސަތު ހުޅުވާލައިފި
އޭ ޑީ ބީ ޔޫތް ފޯ އޭޝިއާ ޕްރޮޖެކްޓުން އިސްނަގައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓެއްކަމުގައިވާ “ކެޓަލައިޒިންގް ޔޫތް ލެޑް ކްލައިމެޓް އެކްޝަން އިން އެޓޯލް ނޭޝަންސް” ގައި ބައިވެރިވެ “އެޓޯލް ޔޫތް ކްލައިމެޓް ލީޑާރސް” އަށް ވުމަށްޓަކައި ބައިވެރިވުމަށް ނަން ހުށައެޅުމުގެ ފުރުސަތު އެންވަޔަރަމެންޓް މިނިސްޓްރީން ހުޅުވާލައިފިއެވެ.

މި ޕްރޮޖެކްޓް އަމާޒު ކުރެވިފައިވަނީ އަތޮޅުތައް ހިމެނޭހެން އުފެދިފައިވާ ހަތަރު ޤައުމު ކަމަށްވާ ކިރިބާސް، ދިވެހިރާއްޖެ، މާޝަލް އައިލެންޑްސް އަދި ޓުވާލޫ ހިމެނޭހެން 15 ޒުވާން ލީޑަރުން ކޮންމެ ޤައުމަކުން ތަމްރީނު ކުރުމަށެވެ. އެގޮތުން ހީވާގި، މަސައްކަތާއި ގަޔާވެގެން ކުރާ ޒުވާން ލީޑަރުންނަށް އިސްކަން ދެވޭނެއެވެ. 

މި ޕްރޮޖެކްޓަށް ހޮވޭ ޒުވާނުންގެ ކުރިއެރުމުގެ ތަމްރީނުތައް ބިނާވެފައިވަނީ،

  1. މޫސުމަށް އަންނަ ބަދަލުތައް ހޯދާ، ދިރާސާކޮށް އިތުރަށް ކުރިމަގު ހޯދޭނެ ގޮތްތައް
  2. މޫސުމީ ބަދަލުތަކުގެ ނުރައްކާތައް ދެނެގަތުމަށްޓަކައި ޑޭޓާ ނުވަތަ މައުލޫމާތު ހޯދާނެގޮތްތައް
  3. މުޖުތަމަޢު އަދި ޒުވާނުން ބާރުވެރިކުރެވޭނެ ގޮތްތައް
  4. ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރެވޭނެ ގޮތްތައް

މި ތަމްރީނު ފުރިހަމަކުރާ ފަރާތްތަކަށް ތަމްރީނު ފުރިހަމަ ކުރިކަމުގެ ސަނަދު ލިބިގެންދާނެއެވެ.

“އޭ ވައި ސީ އެލް” ޕްރޮގްރާމްގައި އެންމެ ބޮޑު އަހައްމިއްޔަތުކަމެއް ދެވޭނީ  18 އަހަރާއި 30 އަހަރުގެ ޒުވާނުންނާއި، އަންހެނުން އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައްވެސް ހިމަނައިގެންނެވެ.

ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް 31 ޖަނަވަރީ 2022 ގެ ކުރިން [email protected] އަށް މެއިލް ކުރެއްވުމަށް މިނިސްޓްރީން އެދެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް