ads
ބިރުވެރި ޖިއްނި
ކުނިގޮނޑުގައި އޮތް ކޯސްޓް ދަޅެއްގައި، ފައިންޖެހި ކުއްޖަކަަށް ރޫހާނީ އުނދަގޫ!
ފުރޮޅުލީ ގޮނޑީގައި މިއަދު އަދީލާ ތަހައްމަލު ކުރަމުން އެދަނީ ވޭނާއި ކެކުޅުމެވެ. ގައިގެ ކޮންމެ ގުނަވަނަކުން ކަށި ހަރަމުން އުނދަގޫ އެކުރަނީ އިންސާނެއް ނޫން ކަން އެނގު ނަމަވެސް އޭނާއަށް މަޖުބޫރު ވަނީ އެވޭނާއި އެ ކެކުޅުމުގައި ނިމި ދަންދެން ކެތްކުރުމަށެވެ. އެއީ އުމުރުން 35 އަހަރުގެ އަދީލާ (އަސްލު ނަމެއް ނޫން) ކޮންމެ ދުވަަހަކު ވެސް ތަހައްމަލު ކުރަމުންދާ ވޭނުގެ ވާހަކަތަކެވެ.

އެ ވޭނުުގެ ވާހަކަތައް އޭނާގެ ބައްޕަ ސީއެންއެމްއަށް ކިޔައިދެމުން ބުނީ އޭނާގެ ދަރިފުޅަށް އެ އުނދަގޫތައް ތަަހައްމަލް ކުރަމުންދަނީ ދިމާވި ޖިއްނިއެއްގެ ސަބަބުން ނެވެ.

އުމުރުން 63 އަހަރުގެ އެ ބައްޕަ ބުނިގޮތުގައި އޭނާގެ އާއިލާ ދިރިއުޅެމުން އޭރު ދިޔައީ މާލޭގައެވެ. އޭރު ކޮންމެ ސްކޫލް ބަންދަކަށް އަދީލާ އޭނާގެ އެކުވެރިންނާ އެކު ރަށަށް ފޮނުވަމެވެ. މާލޭގައި ދިރިއުޅުނު ކަމުގައި ވިޔަސް އަދީލާގެ ހިތް އެދެނީ އަބަދު ރަށުގައި ދިރިއުޅުމަށެވެ. އެއީ މާލެއެއަށް ވުރެ ރަށުގައި ދިރިއުޅެން ފަސޭހަ ވާތީއެވެ. ކޮންމެ ސްކޫލް ބަންދެއްގައި ރައްޓެހިންނާ އެކު ދަތުރު ގޮސް މަޖާކޮށް ސަކަރާތް ޖެހުމަކީ އަދީލާމެންގެ ގުރޫޕުން އޭރު ކުރަމުން ދިޔަ ކަންކަމެވެ. 

އެއީ މީގެ 10 ވަރަކަށް އަހަރު ކުރި އެވެ. އެ ފަހަރު ވިއްސާރަވެ ކަނޑު ގަދަވުމުގެ ސަބަބުން އަދީލާއަށް ރަށަށް ނުފޮނުވަ އެވެ. ނަމަވެސް ދަރިފުޅުގެ ގުރޫޕްގެ ގިނަ ކުދިން އެމީހުންގެ ރަށްރަށަށް ދިޔަ އެވެ. އެދުވަސް ކޮޅު އަދީލާ މުޅިން އެކަނިވި އެވެ. އޭނާގެ ރައްޓެހި ކުދިން ފުރައިގެން ދިޔަތާ ތިން ވަނައަށްވީ ދުވަހު އިރުއޮއްސެމުން ދިޔަ ވަގުތު ގޭގެ ކުނި ކޮތަޅު އެއްލާ ލުމަށް އަދީލާގެ މަންމަ އަދީލާ އަށް ބުންޏެވެ.

އަބަދު ކޮންމެ ވެސް ރައްޓެއްސެއް ފަހަތު އަޅުވައިގެން އުޅޭ އަދީލާ އެ ދުވަހު އޭނާގެ އެއްްވެސް އެކުވެރިއެއް ނެތުމުން ފޫހިކަމާ އެކު ކުނިގޮނޑަށް ދިޔަ އެވެ. އަދީލާއަށް އެހާ ހިސާބަށް ދެވުނު އިރު 6:30 ވެއްޖެ އެވެ. 

ކުނި ކޮތަޅު އެއްލާލުމަށް ފަހު އަދީލާ ގެއަށް މިސްރާބު ޖެހި އެވެ. އަދީލާ އަށް މީހެއްގެ ހިލަމެއްގެ އިހުސާސް ކުރެވުނެވެ. އަދީލާއަށް ހީކުރެވުނީ އޭނާގެ އެކުވެރި ޖީމް އޭނާ ފަހަތުން އަންނަ ކަމަށެވެ. ޖީމް ރަށުގައި އުޅޭ އިރު ވެސް އެކަހަލަ ސަކަރާތް ޖަހާތީ އެވެ. 

އަދީލާ ޖީމް އާ ވާހަކަ ދައްކަމުން ގެއައް އައީ ތިހެން ސަކަރާތް ޖަހާނެ ކަމެއްނެތް އާދޭ .. އަހަންނާއެކު އާދޭ.. އަހަނަށް އެނގޭ ޖީމް އަހަންނަށް ޖެއްސުން ކުރަނީ ކަން. އެހެން ކިޔަމުން އަދީލާ ގޮސް އޭނާގެ ގެއަށް ވަނެވެ. އޭރުވެސް ގޯތީގެ ބޮޑު އުދޯލީގައި ޝަފީގް ދުފަން އިންކަމަށް ޝަފީގް ބުންޏެވެ. ވަދެގެން އައި ގޮތަށް ދަރިފުޅު ބުންޏެވެ.

 "ކުރިމަތިން ފެންނަން އޮތް ކޯސްޓް ކިރު ހުސްކުރި ދަޅެއްގައި ފައިން ޖެހިން. އޭގެ މަތި ނެއްޓި އޭގެ ތެރެއިން ބިމަށް ފޭބީ ލޭ ކަހަލަ އެއްޗެއް" ނަމަވެސް އެއީ ދަރިފުޅަށް ހީވި ހީވުމެއްކަމަށް  ޝަފީގު ގަބޫލުކުރި ކަމަށް އޭނާ ބުންޏެ އެވެ.

ފާހާނާއަށް ވަދެ ފެންވަރާ ލާއިގެން އެ މަންޖެ ނިދަން އެނދަށް އެރީ ގަޑިން ނުވައެއް ޖަހަން ކައިރިވި ފަހުންނެވެ. އޭރު އަހަރެންވެސް ނިދަން އެތެރެއަށް ވަނީއެވެ.

ޝަފީގަށް ފަތިހު ހޭލެވުނީ ދަރިފުޅުގެ ކުކުރުމުގެ އަޑު އިވިގެން، އޭރު ދަރިފުޅު ރޯމަހެއް ތެޅޭހެން މަރަށް ތެޅެމުން ދިޔަ ކަމަށާއި އަވަހަށް ދުއްވާފައި ދެވުނީ އެ ކަހަލަ ކަންތައްތައް ކޮށް އުޅޭ އަހުމަދު ހޯދުމަށެވެ. އަހުމަދު ގެނެސް އޭނާއަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރުމަށް އެދުނު ކަމަށާއި ބުނި ވަރަކަށް ފައިސާ ދޭނެ ކަމަށް ބުނި ކަމަށް ޝަފީގު ބުންޏެ އެވެ.

އަހުމަދު ފެން ކިޔަވަމުން އަދީލާގެ ގަޔަށް ޖަހަމުން ސުވާލު ކުރަމުން ދިޔައެވެ. އަދީލާއަށް އަވަލާފައިވާ ޖިއްނި އަށް މަޖުބޫރު ވީ އެވާހަކަތައް ކިޔައި ދިނުމަށެވެ.

އަދީލާ ވާހަކަ ދައްކަމުން ދިޔައެވެ. އަދީލާއަކަށް ނުނިދުނެވެ. ހޫނޫ ވަނީ އެވެ. އަދީލާ ބޭރަށް ނުކުތީ ބޭރުގެ ޖޯލިފަތީގައި އިނދެ ކުޑަކޮށް ފިނި ކޮށްލުމަށެވެ.

ކުއްލިއަކަށް ވަރަށް ބާރަށް ގޭގެ އަނބު ގަހުން ގޮފިގަނޑެއް ވެއްޓުނު އަޑު އިވުނު.. ނަމަވެސް އަދީލާ އެކަމަށް މާބޮޑު ފަރުވާލެއް ނުބެހެއްޓިއެވެ. އުނދޯލީގައި އިނދެ އުނދޯލި ހެއްލަމުން އަހަރެން ދިޔައިން ކުއްލިއަކަށް އޭނާއަށް ފެނުނީ ޖެހިގެން ޖީމް އިންތަން. ކުޑަ ސިހުމެއް ވެސް ހިތަށް ވެރިވި. ޖީމް މިތަނަށް އައީ ކިހިނެތް؟ އަހރެން ބުނިން. ޖީމް އެއްވެސް އެއްޗެއް ނުބުނެ. އިސްޖަހައިގެން އިން ޖީމްގެ ލޮލުން ކަރުނައިގެ އަސަރު ފެންނަން ހުއްޓެވެ. އަދީލާ ސުވާލު ކުރަމުން ދިޔަ އެވެ. ޖީމް ކިހިނެތްވީ.. ބަސްގިނަ ޖީމް މިރޭ އެއްވެސް އެއްޗެއް ނުބުނި. ހައިރާން ކަމާއެކު އަދީލާއަށް އޭނާގެ އެކުވެރި ޖީމް އަށް ބަލަން އިނދެވުނު. ޖީމްގެ ހަރަކާތް މުލިން ބަދަލުވެގެން ދިޔަ. އޭނާ ލޯބިން ބައްދާލި. މުޅިގައިގެ ކޮންމެ ގުނަވަނެއްގެ ކޮންމެ ހިއްސަކާއި ކުޅެމުން ދިޔަ. އަދީލާއަށް ބަޔާން ކުރަން ދަތި އިހްސާސްތަކެއް ވެގެން ދިޔަ. އަރާމާ ލައްޒަތުގެ ވަގުތަށް ހޭދަވީ ކިހާ އިރަކު ކަމެއްވެސް އަހަންނަށް އަކަށް ނޭނގުނު." ޝަފީގް އޭނާގެ ދަރިފުޅުގެ ވާހަކަ ކިޔައިދެމުން ބުންޏެވެ. 

އެހާ ހިސާބުން އަހުމަދު ޖިއްނި އަށް ގޮވިއެވެ. އަދި އޭނާގެ އަސްލު ކިޔައިދިނުމަށް ބުނަމުން ދިޔައެވެ. ޖިއްނި އޭނާގެ އަސްލު ރޫހުގައި، އަޑު ނެރެ އޭނާގެ ގުޅުން ކިޔައިދެމުން ދިޔައެވެ.

މިގުޅުމަކަށް ކަލެއަކަށް ހުރަހެއް ނޭޅޭނެ. އަހަރެން އަދީލާ އާ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ތިން އަހަރު މިވަނީ، އަހަރެންގެ ދަރިއަކު އަދީލާގެ އެބަހުރި، އެ ދަރިއަށް ވަރަށް ރަހުމް ކުޑަކޮށް އަދީލާ ކަންތަށް ކުރަނީ އެހެންވެ އަހަރެން އޭނާއަށް އަނިޔާކުރަނީ، އަހަރެން އަދީލާ އާ ދިމާވީ ކުނި ގޮނޑުން، އެދުވަހަށް ފަހު އަދީލާ އެއީ އަހަރެންގެ ހިތުގެ ރާނީ...އަހަރެން އަންދާލާ.. ނަމަވެސް ދަރިފުޅު އޭނާ މަންމަ ކައިރިއަށް އަންނާނެ، ހުރިހާ ވާހަކައެއް ދެއްކުމާއެކު އަހުމަދު ޖިއްނި އަންދާލިއެވެ.

ނުކުލެދޭ މޮޔައެއް ފަދައިން އެރޭގެ ފަހުން، އަދީލާ ކުނިގޮނޑުގައި އޮތް ކޯސްޓް ދަޅުގައި ފައިން ޖެހި، ފަރާތް ވާގި ނެތިގެން ފުރޮޅުލީ ގޮޑީގައި އިންނަން ޖެހުނެވެ. މިހުރިހާ ވާހަކައެއް ހިއްސާ ކުރަމުން އަދީލާގެ ބައްޕަ ދިޔައިރު އޭނާގެ ލޮލުން ކަރުނަ ނޫން އެހެން އެއްވެސް އެއްޗެއް ނެތެވެ. ރޮމުން އަދީލާގެ ބައްޕަ ބުނީ އަދީލާގެ ބަނޑުން ވިހޭ އެ ޖިއްނި ކުއްޖާއާއެކު އުޅެން މަޖުބޫރުވެފައިވާ ކަމަށެވެ. 

އެޑިޓަރުގެ ނޯޓް:

މިއީ މާލޭގައި ދިރިއުޅެމުން ދިޔަ ދެކުނުގެ ރަށެއްގެ ބަޔަކަށް ދިމާވި  ހަގީގީ ހާދިސާއެކެވެ. މިއަދުވެސް އެއާއިލާ ތަހައްމަލު ކުރަމުން ދާވޭނެވެ. 

6%
ކަމުގޮސްފި
73%
އަޑުއެހިތާ މިހުރީ
10%
ސަތޭކައަކުން ސުމެއް
11%
ވަރަށް ސަލާމް
ކޮމެންޓްސް