ads
ރައީސް މާފަރު ކައުންސިލާ ބައްދަލު ކުރައްވަނީ ފޮޓޯ ރައީސް އޮފީސް
މާފަރު ރަށްޔިތުން ބޭނުންވާ ކަންކަން ހައްލު ވާނެ: ރައީސް
ކައުންސިލުން އެދޭ ގޮތަށް ރަށަށް ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދެއްވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
Advertisement

ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރައީސް ސޯލިހު މާފަރު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ ކުރެއްވި ބައްދަލުވުމުގައި މާފަރުގައި ބޯހިޔާވަހިކަމުގެ މަޝްރޫޢެއް ހިންގުމަށް ބޭނުންވާކަމަށާއި، ސިއްހީ ހިދުމަތް ތަރައްގީކުރުމަށް ބޭނުންންވާ ކަމަށް ކައުންސިލުން ވަނީ ފާހަގަ ކޮށްފައެވެ.

މީގެ އިތުރުން މާފަރު އިހްތިސާސްގައި ކުރިން ހިމެނިފައިވާ ބައެއް އުނިވެފައި ވުމުން ދިމާވާ ދަތިތަކާއި، ރަށުގައި ޒުވާނުންގެ މަރުކަޒެއް އެޅުމަށް ބޭނުންވާ ކަމަށާއި، ރަށުގައި ހުރި އައިސް ޕްލާންޓް އޮޕްރޭޝަނަލައިޒް ކުރެވޭނެ ގޮތް ހައްދަވައި ދެއްވުމަށާއި، ބަނދަރަށް ގެންނަން ބޭނުންވާ ބައެއް ބަދަލުތައް ކައުންސިލުން ވަނީ ފާހަގަ ކޮށްފައެވެ. 

އަދި މާފަރު އެއާޕޯޓް ސަރަޙައްދުގައި ބާކީވެފައި ހުރި ތާރުތަކުގެ ސަބަބުން ރައްޔިތުންނަށް ދަތިތަކެއް ދިމާވަމުންދާ ކަމަށް އެރަށު ކައުންސިލުން ބުނެފައި ވެއެވެ.

ރައީސް މާފަރަށް ކުރައްވާ ދަތުރުފުޅަކީ ނ އަތޮޅުގެ ފަސް ރަށަކަށް މިއަދު ފެއްޓެވި ދެ ދުވަހުގެ ދަތުރުފުޅުގެ ފުރަތަމަ މަންޒިލް ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

މިއަދު ހެނދުނު މާފަރު ސްކޫލްގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ކުރިން ކައުންސިލްތަކަށް ނެތް ބާރުވެރިކަން ގާނޫނީގޮތުން ކައުންސިލްތަކަށް ހޯއްދަވައި ދެއްވުމަކީ ކައުންސިލުން ނުހަނު އުފާ ކުރާކަމެއް ކަމުގައި ފާހަގަކުރައްވައި، އެކަމަށްޓަކައި މި ސަރުކާރަށް ޝުކުރު އަދާ ކުރައްވާފައެވެ.

ރައީސް ވަނީ މާފަރުގައި ސަރުކާރުން ހިންގުމަށް ނިންމާފައިވާ މަޝްރޫޢުތަކުގެ ފަހުގެ މަޢުލޫމާތު ކައުންސިލާ ހިއްސާ ކުރައްވާފައެވެ.

އަދި ރައީސް ވަނީ ސިއްޙީ މަރުކަޒުގެ ހިދުމަތްތައް ހަރުދަނާކުރުމަށް ސަރުކާރުން ކުރުމަށް ނިންމާފައިވާ ކަންކަމާއި، ކައުންސިލަރުން ފާހަގަކުރެއްވި ކަންކަމާއި ގުޅޭގޮތުން ކަމާ ގުޅޭ ފަރާތްތަކާއި ގުޅިގެން އެދެވޭ ހައްލެއް ހޯއްދަވައި ދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގައިވެސް ވިދާޅުވެފައެވެ.

މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ކެބިނެޓް މިނިސްޓަރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ. މި ބައްދަލުވުމުގައި ރައީސް ވަނީ މާފަރުގައި ސަރުކާރުން ހިންގުމަށް ނިންމާފައިވާ މަޝްރޫޢުތަކުގެ ފަހުގެ މަޢުލޫމާތު ވެސް ކައުންސިލާ ހިއްސާ ކުރައްވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް