ads
ފްރާންސްގެ ރައީސް އެމަނުއެލް މެކްރޯން
ފްރާންސް ގައި ވެކްސިން ނުޖަހާ މީހުންނާއި ދެކޮޅަށް ފިޔަވަޅު އަޅަނީ
ފަރަންސޭސިވިލާތުގައި ކޮވިޑް-19 ވެކްސިން ނުޖަހާ ތިބި މީހުންގެ ދިރިއުޅުން ދަތިކުރަން ގަސްތުކުރައްވާކަމަށް ވިދާޅުވެ އެގައުމުގެ ރައީސް އެމަނުއެލް މެކްރޯން އިންޒާރު ދެއްވައިފިއެވެ.

އެމަނިކުފާނު މިފަދަ އިންޒާރެއް ދީފައި މިވަނީ، އެގައުމުގެ ރައްޔިތުން ވެކްސިން ޖެހުމަށް ބާރު އުޅުމަށް މަޖިލީހަށް ހުށައެޅި ބިލު ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ބޭރު ކުރި މައްސަލައިގައެވެ. 

މިކަމާއި ގުޅިގެން މެކްރޯން ވިދާޅުވީ، އެއްވެސް މީހެއްގެ ގަޔަށް މަޖުބޫރުން ވެކްސިންގެ ޑޯޒްތައް ނުޖެހޭނެ ކަން ގަބޫލު ކުރާ ކަމަށާއި، އެހެން ނަމަވެސް ވެކްސިން ނުޖަހާ ފަރާތްތަކަށް ސަރުކާރުގެ އިދާރާތަކާއި، ޕްރައިވެޓް ތަންތަނުން ހިދުމަތް ހޯދުމަށް ހުރަސްތަކާއި ކުރިމަތި ކުރުވާނެ ކަމަށެވެ. 

އަދި މިކަމުގައި ސިޔާސީ މީހެއް ނުވަތަ ރައްޔިތެއް އިސްތިސްނާ ނުވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. 

މި ހިނގާ ޖަނަވަރީ މަހުގެ 15 ވަނަ ދުވަހުން ފެށިގެން ފްރާންސް ގައި ވެކްސިން ނުޖަހާ ތިބި ފަރާތްތަކަށް އެގައުމުގެ އެއްވެސް ރެސްޓޯރަންޓް، ކެފޭ، ސެލޫން، ސިނަމާ، ޕާކު އަދި ގިނަ ބަޔަކު އެއްވާ ތަންތަނަށް ދިއުން މަނާވާނެ ކަމަށް މެކްރޯން ވިދާޅުވިއެވެ. އަދި މިއީ މުޅި ރައްޔިތުންނަށް ފައިދާ ކުރުވަނި ކަމެއް ކަމަށާއި، މިކަމުގެ ސަބަބުން ބަލި ފެތުރުން ކޮންޓްރޯލް ކުރެވިގެން ދާނެ ކަމަށްވެސް ވިދާޅުވިއެވެ. 

މެކްރޯންގެ މި ނިންމުމާއި ގުޅިގެން އެގައުމުގެ އިދިކޮޅު ފަރާތްތަކުން އަންނަނީ މިއީ ސަރުކާރުން ރައްޔިތުންނަށް ކުރާ އަނިޔާއެއްގެ ގޮތުގައި ސިފަ ކޮށްފައެވެ. އަދި މިއީ ރައްޔިތުންގެ އަސާސީ ހައްގަށް އުނިކަން އަންނާނެ ކަމެއް ކަމަށްވެސް އެފަރާތްތަކުން އަންނަނީ ބުނަމުންނެވެ. 

ފްރާންސްގައި ބަލި ޖެހޭ މީހުންގެ އަދަދު އިތުރު ވަމުން އަންނައިރު، އެގައުމުން އިއްޔެ އެކަނިވެސް 271،686 މީހުން ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް