
އެ ސަރަހައްދުގައި ދިރިއުޅޭ ބައެއް ފަރާތްތަކުން މީޑިއާއި ވާހަަކަަދައްކަމުން ބުނީ އެކަން ހިނގާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ އެންމެ ފަހު ދުވަހުގެ ވަގުތެއްގައި ކަމަށެވެ. އަދި އެމީހުން އެކަން ސިފަކޮށްފައިވަނީ "ރެއިނިން ފިޝް" ނުވަތަ މަހުގެ ވާރޭގެ ގޮތުގައި ކަމަށެވެ.
މީޑިއާ އާއި ވާހަކަދެއްކި އެ މަންޒަރު ދުއް މީހަކު ބުނީ އެކަން ހިނގީ ހަމަ ކުއްލިއަކަށް ވަރަށް ކުޑަކުޑަ ވަގުތުކޮޅަކަށް ކަމަށެވެ. އެދުވަހަކީ ވަރަށް ގަދައަށް ވާރޭ ވެހުނު ދުވަހެއް ކަމަށާއި އޭނާ ބޭރު ބަލާލީ ވަރަށް ބާރަށް ވިދާ ގަތުމާއިއެކު ގުގުރިއެއް ޖެހުމުން ކަމަށެވެ.
އޭރު ވަރަށް ގަދައަށް ވާރޭ ވެހެެމުންދިޔަ ކަމަށާއި، އެވާރެއާއިއެކު މަތިން މަސްވެސް ވެހެމުންދިޔަ ކަމަށެވެ. ކުޑަކުޑަ އިރުކޮޅަކަށް ވީކަމެއްގެ ގޮތުގައި ސިފަކުރަމުން އޭނާ ބުނީ އިރުކޮޅަކުން މަގުމަތީގެ އެކި ދިމަދިމާލަށް މަސްތައް ވެރެން ފެށިކަމަށެވެ.
ބައެއް މީހުން ވަނީ ސޯޝަލް މީޑިއާގައިވެސް އެދުވަހުގެ ފޮޓޯތައް ހިއްސާކޮށްފައެވެ.
މީހަކު ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ އެދުވަހުގެ ފޮޓޯއެއް
އެގޮތުން އެއްބަޔަކު ބުނީ މީގެ ކުރިންވެސް ބޮކުގެ ވާރޭ އެތައް ޒަމާނެއް ކުރިން ކުރިމަތިވި އަޑުއަހާކަމަށާއި އެދުވަހު އެއީ ދޮގެއް ކަމަށް ހީކުރެވުނަސް މިއަދު ލޮލުން ފެނުމުން އެއީ ވެދާނެ ކަމެއް ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.