ads
ރައީސް ސޯލިހު: މާފުށީގައި ތަގްރީރު ކުރައްވަނީ
ރައީސް ސޯލިހަށް އިތުރު ދައުރެއް ދޭން ޖެހޭ: ސައުދުﷲ
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އަށް ވެރިކަމުގެ އިތުރު ދައުރެއް ދޭން ޖެހޭ ކަމަށް ގްރޭޓާ މާލޭ އިންޑަސްޓީރިއަލް ޒޯންގެ ކުރީގެ ޗެއާމަން ސައުދުﷲ ވިދާޅުވެއްޖެއެވެ.

ސައުދުﷲ މިފަދައިން ވިދާޅުވެފައި މިވަނީ، ރާއްޖޭގެ އެކި ހިސާބުތަކަށް ރައީސް ސޯލިހު ރިޔާސީ އިންތިހާބާއި ދިމާކޮށް މީގެ ކުރިން ވެފައިވާ ވައުދު ތަކުގެ ބޮޑުބައެއް ނިމި، އެކަމުގެ ޝުކުރު ރައްޔިތުން އަދާ ކުރަމުން އަންނަ ދަނޑިވަޅެއްގައެވެ. 

މިކަމާއި ގުޅިގެން ސައުދުﷲ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރައީސް ސޯލިހު ވެގެން މިދިޔައީ ރައްޔިތުންގެ އަސާސީ ހައްގުތައް ފުރިހަމަ ކޮށްދެއްވި ހަމައެކަނި ރައީސް އަކަށް ކަމަށާއި، ރައީސް ސޯލިހު ވެވަޑައިގެންނެވި ވައުދު ތަކާއި އެއްގޮތަށް ވަކި ކުލަޔަކަށް ވަކި ރަށަކަށް ތަފާތު ކުރުމެއް ނެތި ކަންކަން ކޮށްދެއްވި ފުރަތަމަ ރައީސް އަށް ކަމަށެވެ. 

މީގެ އިތުރުން ސައުދުﷲ ވިދާޅުވީ، ރައީސް ސޯލިހުއަށް ރިޔާސީ ދެވަނަ ދައުރެއް ރައްޔިތުން ދޭން ޖެހޭ ކަމަށާއި، ރައީސް ސޯލިހު ވަނީ އެކަން ރައްޔިތުންނަށް ޔަގީން ކޮށްދެއްވާފައި ކަމަށް ވިދާޅުވެފައެވެ. 

ސައުދުﷲ މިފަދައިން ވިދާޅުވެފައި ވާއިރު، ރާއްޖޭގެ ފެނާއި ނަރުދަމާގެ އަސާސީ ހިދުމަތް ނެތް ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ މަސައްކަތް އެމަނިކުފާނު ވަނީ ދާދި ފަހުން އިފްތިތާހު ކޮށްދެއްވާ އެތައް ރައްޔިތުންނަކަށް އުއްމީދު ގެނުވައި ދީފައެވެ. 

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
17%
ސަތޭކައަކުން ސުމެއް
17%
ވަރަށް ސަލާމް
ކޮމެންޓްސް