ads
ކ. މާފުށި
މިހާރު މޮނިޓަރިންގައި އެންމެ 6 ރަށް
ކޮވިޑް-19 އާއި ގުޅިގެން މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ރަށްތަކުގެ އަދަދު ހަޔަކަށް ތިރިވެއްޖެއެވެ.

އެންމެ ފަހުން މޮނިޓަރިންގެ ހާލަތަށް ރަށެއް ގެނެސްފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުއެވެ.

ކޮވިޑްގެ އެކްޓިވް ކޭސްތަކާއެކު މިހާރު މޮނިޓަރިންގައި އޮތީ ނިމިދިޔަ އަހަރުގެ ފަހުކޮޅު މޮނިޓަރިންއަށް ލާފައިވާ ހަ ރަށް ކަމަށްވާ ހއ. އިހަވަންދޫ، ކ. މާފުށި، ދ. ހުޅުދެލި، ހދ. ނާވައިދޫ، ކ.ތުލުސްދޫ އަދި  ގދ. ވާދޫ އެވެ.

ދާދި ފަހުން ވަނީ ހަތަރު މަހަށް ފަހު އައްޑޫ ސިޓީ މޮނިޓަރިންގެ ހާލަތުން އުވާލައިފައެވެ. އެހެން ނަމަވެސް އެ ސިޓީގައި އަދިވެސް ކޮންމެވެސް ވަރަކަށް މި ބައްޔަށް މީހުން އަންނަނީ ޕޮޒިޓިވް ވަމުންނެވެ.

އަތޮޅު ތެރޭގެ ހަ ރަށެއް މިވަގުތު މޮނިޓަރިންގައި އޮތް ނަމަވެސް މިދިޔަ އަހަރުގެ ފަހު ހަތަރު ވަރަކަށް މަހު އަތޮޅު ތެރޭގެ ހާލަތު ގޯސްވެ ގިނަ ރަށް ތަކަކަށް އަރާ ފޭބުން މަނާ ކުރިއެވެ.

މިފަހުން އަނެއްކާވެސް މާލޭ ސަރަހައްދުންނާއި ހިންގަމުން އަންނަ ރިސޯޓްތަކުން ކޮވިޑް ކޭސްތައް ފެންނަލެއް މިވަނީ ގިނަވެފައެވެ.

މި ބައްޔަށް އިއްޔެ ވެސް 224 މީހުން ޕޮޒިޓިވްވި އިރު އޭގެ ތެރެއިން 102 މީހުންނަކީ މާލޭ ސަރަހައްދުން ބައްޔަށް ޕޮޒިޓިވްވި މީހުންނެވެ. އަދި އަތޮޅު ތެރޭން 48 މީހަކަށް އިއްޔެ ބަލި ޖެހިފައިވާއިރު ރިސޯޓްތަކުން 74 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް