ads
މިރޭ ޖަލްސާ ތެރެއިން
މަގުމަތީ ހަޅޭލަވާ މީހުން މަޖިލީހަށް ލީމަ ވާގޮތް އެބަ ފެނޭ: ނާޒިމް
މަގުމަތީ ހަޅޭލަވާ މީހުން މަޖިލީހަށް ލީމަ ވާގޮތް ފެންނަކަމަށާއި މަޖިލީހުގެ ގޮނޑިތަކަށް ހޮވަންވާނީ ތައުލީމީ ކަމަށް ގާބިލު ބޭފުޅުންކަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް އަދި ދަނގެތީ ދާއިރާ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

މިރޭ އެ ޕާޓީން ކޮމަންޑޫގައި ކުރިއަށްގެންދިޔަ ޖަލްސާގައި ވާހަކަދައްކަމުން ނާޒިމް ވިދާޅުވީ މިއަދު އެމްއެންޕީ އިން ކޮމަންޑޫ ދާއިރާއަށް ނެރެނީ "ވަރަށް ރަނގަޅު، އަހުލާގީ ގޮތުން ސުވާލެއް ނެތް، ފަސްބައިގައި ކިލަނބުކަމެއް ނެެތް، ވަރަށް މުހިއްމު މުދައްރިބެއް ގޮތުގައި ބަލައިގަންނަ ބޭފުޅެއް" ކަމަށެވެ. އަދި އެއަށްވުރެ ރަނގަޅު ކެނޑިޑޭޓެއް ފެންނަން ނެތް ކަމަަށް ނާޒިމް ވިދާޅުވި އެވެ. 

ގުދާރު ބިންދައިގެން ދަރިންނަށް ކިޔަވައިދޭ އިރު މަޖިލީހުގެ މެމްބަރެއްގެ ރޯލަކީ ކޮބައިތޯ ބަލަން ޖެހޭ ކަމަށް ވިދާޅުވި އެވެ. އެގޮތުން މަޖިލީހުގެ މެމްބަރެއް ރޯލަކީ ރައްޔިތުންގެ އަޑު ސާފުކޮށް، އިހުލާސްތެރިކަމާއެކު އިއްވުން ކަމަށާއި އެކަން ކުރެވެނީ ތައުލީމީ ބޭފުޅަކަށް ކަމަށް ނާޒިމް ވިދާޅުވި އެވެ. 

މިސަރުކާރުން ވެސް އަދި ވޭތުވެދިޔަ ސަރުކާރުތަކުން ވެސް ފެނުނީީ ތައުލީމީ ބޭފުޅުންނަށް އަހަމިއްޔަތުކަމެއް ނުދޭތަން ކަަމަށް ނާޒިމް ވިދާޅުވިއެވެ. އަދި ނާޒިމް ވިދާޅުވީ މިއަދު މަޖިލީސް ބަލާލުމުން ފެންނަނީ މާޔޫސްކަމެއް ކަމަށެވެ. 

“އެކަށީގެންވާ ތައުލީމެއް ނުލިބި، މަގުމަތީ ހަޅޭލަވާ މީހުން ހޮވުނީމަ މަޖިލިސް ތެރެއިން ވާގޮތް އަޅުގަނޑުމެންނަށް އެބަފެނޭ. އެހެންވީމާ އަޅުގަނޑުމެން ތިޔަ ހުރިހާ ރައްޔިތުންނަށާއި އަޅުގަނޑުމެން މައިންބަފައިިން އަމިއްލައަށް ވިސްނާލަން ޖެހޭ." ނާޒިމް ވިދާޅުވި އެވެ.

އެމްއެންޕީން ވާދަކުރަނީ ށ. ކޮމަންޑޫ އަބްދުލް ހަންނާން އިދުރީސް އެވެ. އޭނާ އަކީ ތައުލީމީ ދާއިރާގައި ހޭދަކުރެއްވި 32 އަހަރު ގިނަ ސްކޫލްތަކެއްގެ ޕްރިންސިޕަލްކަން ކުރެއްވި ބޭފުޅެކެވެ. 2013-2019އަށް ވިލާ ކޮލެޖްގެ ޝަރިއްޔާ އެންޑް ލޯ ފެކަލްޓީގެ މެނޭޖަރަކަށް ހުންނެވުމަށް ފަހު މިހާރު އެއީ ވިޔަފާރިވެރިއެެކެވެ. އަދި އޭނާއަކީ އެމްއެންޕީއަށް ފުރަތަމަ ސޮއި ކުރެއްވި މެންބަރުންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ. 

20%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
60%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް