ads
ތާރާ އާއި އާދަރު
ލޯބިވެރިން ކަމަށް އަޑުތައް އަރަނިކޮށް ތާރާ އާއި އާދަރު އެކުގައި ޕާޓީއަކަށް!
ލޯބީގެ ގޮތުން ގުޅިގެން އޫޅޭ ކަމަށް އަޑުތައް އަރާފައި ވަނިކޮށް ބަތަލާ ތާރާ ސުތާރިއާ އާއި އާދަރު ޖެއިން އެކުގައި ޕާޓީއަކަށް ހިނގައްޖެ އެވެ.

ކަރީނާ ކަޕޫރުގެ ގެލެކްސީ ހެއިޓްސް އިމާރާތުގައި ބޭއްވި މި ޕާޓީއަކީ ސައިފް އަލީ ހާންގެ ކޮއްކޮ، ސޮހާ އަލީ ހާން އާއި ކުނާލް ކެއްމޫގެ ކައިވެނީގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ޕާޓީއެކެވެ. 

ގިނަ އަދަދެއްގެ ތަރިންނަށް ދައުވަތު ދިން މިޕާޓީގައި ތާރާ އާއި އާދަރު އެކުގައި އެއް ކާރެއްގައި އައުމުން ގިނަ ބަޔަކު ވަނީ އެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކަކީ ހަގީގަތެއް ކަމަށް ގަބޫލުކޮށްފަ އެވެ.

މީގެ ކުރިންވެސް މިގޮތަށް ދެ ތަރިން އެކުގައި ކެއުންތަކަށް ގޮސް އުޅެނިކޮށް ޕަޕަރާޒީންނަށް ފެނިފައި އެބަހުއްޓެވެ.

"ސްޓޫޑެންޓް އޮފް ދަ އިޔަ 2" އިން ބޮލީވުޑަށް ތައާރަފްވި ތާރާ ސުތަރިއާ އަކީ ލަވަކިޔުންތެރިއެއް އަދި ނެށުންތެރިއެއް ވެސް މެއެވެ. އޭނާ ވަނީ ތާރޭ ޒަމީން ޕަރް އާއި ގުޒާރިޝް އަދި ޑޭވިޑް ފަދަ ފިލްމުތަކަށް ލަވަ ކިޔާފަ އެވެ. 

ރާޖު ކަޕޫރުގެ ކާފަ ދަރިފުޅު، އާދަރަކީ ވެސް ފިލްމީ ދާއިރާގައި މަސައްކަތް ކުރާ ފަރާތެކެވެ. އޭނާ ވަނީ އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި ވެސް މަސައްކަތްކޮށްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް