ads
އެކަނިވެރިކަމާއި މާޔޫސްް ކަމުގައި
ހިކި މިރުސް ލޮލަށް އަޅާނެ ކަމަށް ބުނެ ކޮށްލީ ރޭޕް!
ލޯބިދީ ލޯބިން އުފާކޮށްދީ ލޯބިން ހީ ސަމަސާ ކުރުމަށް ފަހު، އަދްޔަން އޭނާގެ އަސްލު ސޫރަ ނޫރާއަށް ދެއްކީ ވަހުޝީ އާއި ރޭޕްގެ ހާއްޔަކަށް އޭނާ ހުށަހެޅުމަށް ފަހުގަ އެވެ. މިރުސް ލޮލަށް އަޅާނެ ކަމަށް ބުނެ ރޭޕް ކުރުމަށް ފަހު އެއްމާބަނޑު ދެކުދިން ދުނިޔެއަށް އުފަން ކުރުވަން އަދްޔަން މަޖްބޫރު ކުރުވީ ނޫރާގެ އާއިލާއިން އެދެމީހުން ކައިވެނި ކުރަން އިންކާރު ކުރި ހިސާބުންނެވެ.

ނަމަވެސް އަދްޔަންގެ ކަސްތޮޅުގައި މިއަދު ނޫރާ ބަދެވިފައި އެއިނީ، މުޅި އުމުރަށެވެ. ވަރިވާން ހިތަށް އެރި ނަމަވެސް އޭނާ އެކަން ކުރާނެ އެއްގޮތެއް ވެސް ހުދު ނޫރާ އަކަށް ނުވިސްނުނެވެ. ނަމަވެސް ކުރިމަތިން ފެންނަ މަންޒަރާއި ދިމާވާ ހިތްދަތި ކަންތައްތަކުން ނޫރާގެ ދިރިއުޅުން ވަނީ ކުދި ކުދި ވެފައެވެ.

އޭނާއަށް އަސަރާއެކު ރޯލުން ނޫންކަމެއް ނުުކުރެވެ އެވެ. ނަމަވެސް އެހިތްދަތި ދިރިއުޅުމުގައި އޭނާ އުޅެން މަޖްބޫރު ކުރުވީ ނޫރާ އެއްމެ ލޯބިވި އޭނާގެ ލޯބިވެރިޔާ އެވެ. މި މަޖުބޫރު ހާލަތު ވެސް ނޫރާ އަށް ކަމުނުދިޔަ ނަމަވެސް މިކަމުން އަރައި ގަނެވޭނެ ދުވަހެއްގެ އިންތިޒާރު ނޫރާ ދިޔައީ ކުރަމުންނެވެ.

ނޫރާގެ އާއިލާއިން އެ ދިރުއުޅުމާއި ދުރުވާން ނޫރާގެ ގާތުގައި އެދެމުން ދިޔަ ކަމުގައި ވިޔަސް ނޫރާ އެއަޑަށް ބީރު ކަންފަތެއް ދެމުން ދިޔައީ އަދްޔަންގެ ލޯބީގައި އޭނާ ފިދާވާނެ ދަރަޖައަށް ލޯބި ވެވިފައި ވާތީ އެވެ. މަސްތުވާ ތަކެތިން ދުނިޔެ ރަންވެފައިވީ ނަމަވެސް ފިރިމީހާ އަށް ނޫރާގެ ގަދަރު ކުރެއެވެ. މަސްތުގެ ހާލަތުގައި ދުނިޔެ ވާނުވާގައި ހުރެ ގެއަށް އައިސް ނޫރާއަށް ލޯބިން ނޫރާގެ ޖިސްމާއި ނަފްސު ބޭނުން ކުރަމުން ދަނީ ލޯތްބާއި އަޅާލުމުގެ މާނާގައިގައެވެ.

ނޫރާ އެވާހަކަތައް ކިޔައި ދެމުން ދިޔައީ ހިތަށް ލިބިފައިވި ޒަހަމާއި ބަރުދާސްތު ކުރަން ޖެހުނު ދިރިއުޅުމުން އޭނާ އަށް އަރައިގަނެވޭނެ ގޮތެއް ނޭނގޭތީ އެވެ. ނޫރާ ބުންޏެވެ. ދިރުއުޅުމަކީ އިމްތިހާނެކެވެ. ފިލާވަޅެކެވެ. ކޮންމެ މީހަކު ވެސް މިފަދަ އުނދަގޫ ދިރިއުޅުމެއް ތަހައްމަލު ކުރަން ޖެހިއްޖެ ނަމަ މައިންބަފައިންގެ ބަސް ގަބޫލުކޮށް، ކަމުގެ ކަުރީކޮޅުގައި ފިޔަވަޅު އަޅާށެވެ.

އެގޮތަށް ވާހަކަ ފައްޓާ ނޫރާ އޭނާގެ ވާހަކަ ކިޔައިދެމުން ދިޔައެވެ. ނޫރާ ބުނި ގޮތުން އޭނާ އަށް އަދުޔަން އާއި ދިމާވީ އޭނާގެ އުމުރުން 17 އަހަރުގައި ސްކޫލް ދަތުރެއްގައި ރަށު ކައިރި ރަށަަކަށް ގޮސް އުޅެނިކޮށެވެ. އެ ދުވަހަށް ފަހު ދެ މީހުންގެ ލޯބީގެ ގުޅުން ވަރުގަދަވެ، ކައިވެއްޏަށް ކައިރިވަމުން ދިޔަ އިރުގައި ވެސް އެތައް ބައެއް އަދްޔަން އަކީ ރަނގަޅު މީހެއްނޫން ކަމަށް ބުނަމުން ދިޔަ އެވެ. 

ނަމަވެސް ހިތުގައި އުފެދިފައިވި، ލޯބީގެ އުދާސްކަމުގެ ތެރެއިން އަދްޔަން އެކި އެކި ތަންތަނުން ބައްދަލު ކުރަމުން، މާފޮޅުވަމުން ދިޔައީ އުފާވެރި ކައިވެއްޏަކަށެވެ. މި ގޮތުގައި ދުވަސްތައް ގުނަމުން ގޮސް އެންމެ ފަހުން އަދްޔަން ދުރުވާ ކަމުގެ އިހްސާސް ނޫރާއަށް ކުރެވުނެވެ.

އޭރު ކައިވެއްޏަށް އާއިލާގެ ރުހުމަށް އޮތީ އެދިފައެވެ. ނަަމަވެސް މައިންބަފައިން އަދްޔަން އާއި ކައިވެނި ކޮށްފިނަމަ އެމީހުންގެ މަރުފެން ހަރާމްކުރަމުން ދިޔަ އެވެ. 

އޭރު މަންމަ ބަލިވެ ބައްޕަ ދިޔައީ މާލެ އަށެވެ. އިރުއޮއްސެމުން ދިޔަ ވަގުތު އަދްޔަން ގެއަށް އައެ އެވެ. ނުލަފާ ޒާތަކަށް މުހާތަބު ކުރަމުން ދިޔަ އެވެ. ހިކި މިރުސް ޕަކެޓް ޖީބުން ނަގާ ލޮލަށް އަޅާނެ ކަމަށް އިންޒާރު ދެމުން ދިޔަ އެވެ.

މީހަކު ނެތް ފަޅުގެއެއް ފަދަ އަމިއްލަ ގޭގެ ގިފިލި ތެރެއަށް އަހަރެން ވައްދާ ނުރުހުމުގައި ގަދަކަމުން ރޭޕް ކުރި އެވެ. އަދި ބުންޏެވެ. ކަލެއަށް އަހަންނާ ކައިވެނި ކުރަން މި އަދުން ފެށިގެން މަޖަބޫރު ވާނެ އެވެ. ދެން އަހަންނަށް ކަލޭ ފެންނާނީ އަހަރެންގެ ދަރިއަކަށް ބަނޑު ބޮޑުވެފަ ހުއްޓަ އެވެ.  އޭރުން އަންނާތި ކައިވެނި ކުރާނަން އަދްޔަން އެހެން ބުނުމަށް ފަހު ނުކުމެގެން ދިޔައެވެ. 

ބަރާބަރަށް ޕީރިއެޑް ވަމުން އައި އަހަރެންނަށް ދެ މަސް ވެގެން ދިޔައިރު ވެސް ދުވަސް ނުޖެހެއެވެ. އަހަރެން ޔަގީން ކުރީ މެވެ. އަދްޔަންގެ ދަރިއަކަށް އަހަރެން ބަޑު ބޮޑީ އެވެ. އެހާހިސާބުން މަންމަ މެންނަށް ފިލައިގެން އަދްޔަން ކައިރިއަށް ދާން މަޖްބޫރު ވިއެވެ. އަދްޔަން އަހަރެން ބަލައިގަތެވެ. ނަމަވެސް އެދުވަހަށް ފަހު އަހަރެން ތަހައްމަލް ކުރަމުން ހިތުގައި ފޮރުވަމުން މިދަނީ ވޭނާއި އުނދަގޫ ހަޔާތެކެވެ.

13%
ކަމުގޮސްފި
47%
އަޑުއެހިތާ މިހުރީ
13%
ސަތޭކައަކުން ސުމެއް
27%
ވަރަށް ސަލާމް
ކޮމެންޓްސް