ads
ދިއްފުށީ ކައުުންސިލާއެކު ރައީސް
ދިއްފުށީ ކައުުންސިލާ ރައީސް ބައްދަލު ކުރައްވައިފި
ރައީސް ކ. ދިއްފުށީ ކައުންސިލްގެ މެންބަރުންނާއި މިއަދު ބައްދަލު ކުރައްވައިފި އެވެ.
Advertisement

ރައީސް އޮފީހުގައި މިއަދު ބޭއްވި ބައްދަލު ވުމުގައި، ކައުންސިލުން ވަނީ އެރަށުގެ ތަރައްގީއަށް އެންމެ މުހިންމު ކަންކަމާއި މަޝްރޫޢުތަކާއި ގުޅޭގޮތުން ރައީސް އާއި މަޝްވަރާ ކުރައްވާ ފައެވެ.

އެރަށުގައި ބިންހިއްކާއިރު ގިރާ ސަރަޙައްދުގެ މައްސަލަވެސް ހައްލު ކުރެވިގެން ދާނެކަން ރައީސް ފާހަގަ ވަނީ ފާހަގަ ކުރައްވާފައެވެ. މިބައްދަލު ކުރެއްވުމުގައި ރައީސް ވަނީ ދިއްފުށީ ބިން ހިއްކައި ތަރައްގީ ކުރުމަށް ސަރުކާރުން ގެންގުޅުއްވާ ޕްލޭން ކައުންސިލާއި ހިއްސާ ވެސްް ކުރައްވާފައެވެ.

އެގޮތުން، ކައުންސިލުން ވަނީ ރަށް ގިރުމުގެ މައްސަލައާއި ސިނާއީ ސަރަހައްދަށް ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމާ ގުޅޭ ގޮތުންނާއި ރަށުގެ ބިން ހިއްކުމާއި ސިއްހީ މަރުކަޒުގެ ހިދުމަތް ފުޅާކޮށް ލެބޯޓްރީގެ ހިދުމަތް އަވަހަށް ފެށުމަށް ބޭނުންވާކަމާއި ރަށަށް އައު އެމްބިއުލަންސްއެއް ބޭނުންވާ ކަމާއި ސްކޫލުގައި އޭލެވެލް ފެށުމާއި މަލްޓިޕާޕަސް ހޯލެއްގެ މުހިންމު ކަމާއި އިތުރު މިސްކިތެއްގެ މުހިންމުކަން ފާހަގަ ކުރައްވާ ފައެވެ.

އަދި މީގެ އިތުރުން މިހާރު ކުރިޔަށްދާ ފުޓްބޯޅަ ދަނޑު ތަރައްގީ ކުރުމާއި އައުޓްޑޯޖިމްގެ މަސައްކަތް އަވަސްކުރުމާއި ގުޅޭގޮތުންނާއި ރަށަށް ފުލުހުންގެ ހިދުމަތް ބޭނުންވާކަމާއި އަދި މި ނޫންވެސް ރަށުގެ އިގްތިސާދީ އިޖްތިމާއީ ތަރައްގީ އަށް މުހިންމު ކަންތައްތައް ކައުންސިލަރުން ފާހަގަ ކުރައްވާ ފައި ވެއެވެ.

މީގެ އިތުރުން ފުލުހުންގެ ހިދުމަތް މުޅިރާއްޖެއަށް ފުޅާކުރުމަށް ސަރުކާރުން ގެންގުޅުއްވާ ޕްލޭނާއި ރަށްރަށަށް ބޭނުންވާ މިންވަރަށް އެމްބިއުލަންސް ހަމަކުރުމަށް ސަރުކާރުން ކުރިޔަށް ގެންދާ މަސައްކަތް ތަކާއި އަދި ކައުންސިލުން ފާހަގަ ކުރެއްވި އިތުރު ކަންކަމުގެ އެންމެ ފަހުގެ މަޢުލޫމާތުތައް އެމަނިކުފާނު ދިއްފުށީ ކައުންސިލަރުންނާ ވަނީ ހިއްސާ ކުރައްވާ ފައެވެ.

މީގެ އިތުރުން މި ބައްދަލު ކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ވަކިރަށެއް ތަފާތުކުރުމެއްނެތި ރައްޔިތުންނަށް ބޭނުންވާ ތަރައްގީގެ ކަންކަން ސަރުކާރުން ފުރިހަމަ ކޮށް ދެއްވަމުން ގެންދަވާ ކަން ފާހަގަ ކުރައްވާ ފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް