ads
ދާންދޫ ކައުންސިލް މެންބަރުން ރައީސް ސޯލިހު އާއެކު
ދާންދޫ ކައުންސިލުން ކަރުދާސް ބޭނުން ނުކުރާތާ 6 މަސް ވެއްޖެ
ގއ. ދާންދޫ ކައުންސިލުން ކަރުދާސް ބޭނުން ނުކުރާތާ 6 މަސް ދުވަސް ވެއްޖެ ކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.

ދާންދޫ ކައުންސިލް އިދާރާގައި ކަރުދާސް އެއްމެ ފަހުން ބޭނުން  ކޮށްފައި ވަނީ ނިމިދިޔަ އަހަރުގެ ޖޫން މަހުގެ 24 ވަނަ ދުވަހުގައެވެ.

އެ އިދާރާގައި ކަރުދާސް ހުއްޓާލާފައި ވަނީ އެ ކައުންސިލްގެ މުއައްޒަފެއް ކަމަށްވާ ޔޫސުފް މޫސާ އޭނާގެ އަމިއްލަ އެޕްލިކޭޝަނެއް ތައާރަފް ކޮށް  ޖޫން މަހުގެ 24 ވަނަ ދުވަހު، ކައުންސިލާ ހަވާލު ކުރި ހިސާބުން ކަމަށް އެ ރަށު ކައުންސިލުން ބުނެއެވެ.

ދާންދޫ ކައުންސިލް ރައީސް މުހައްމަދު އާސިފް ވިދާޅުވީ އެ އެޕްލިކޭޝަނުގެ ސަބަބުން ކޮންމެ ތަނެއްގައި ހުއްޓަސް މުހިއްމު ލިޔެ ކިއުންތަކުގައި ސޮއިކޮށް ހިދްމަތްތައް އަވަހަށް ފޯރުކޮށްދެވޭ ކަމަށެވެ. 

މިފަދަ އެޕްލިކޭޝަނެއް ތައާރަފް ކުރެވި، ދާންދޫ ކައުންސިލްގައި ކަރުދާސް ހުއްޓާލާފައިވާއިރު، މިވީ ހަމަސް ދުވަހުގެ ތެރޭގައި އަތޮޅުގެ އިތުރު ފަސް ކައުންސިލެއްގައި މި އެ އެޕްލިކޭޝަނުގެ މިހާރު ދަނީ ބޭނުން ކުރަމުންނެވެ. ދާންދޫގެ އިތުރުން މި އެޕްލިކޭޝަން ބޭނުން ކުރަމުންދަނީ ގއ. ކޮލަމާފުށި،  ކަނޑުހުޅުދޫ، ނިލަންދޫގެ އިތުރުން ގއ. އަތޮޅު ކައުންސިލެވެ. 

މި ކަމާ ގުޅޭގޮތުން ޔޫސުފް "ސީއެމްއަށް" އަށް ވިދާޅުވީ މިފަދަ އެޕްލިކޭޝަނެއް ތައާރަފް ކުރަން އޭނާ ވިސްނީ ކޮވިޑްގެ އާލަމީ ވަބާ ދުނިޔެއަށް ފެތުރި، ދާންދޫ އަށްވެސް އޭގެ އަސަރުކޮށް، ބަންދުވާން ޖެހި، ގޭގައި މަނޑު ކުރަން ޖެހުނު ހިސާބުން ކަމަށެވެ.

ދާންދޫ ކައުންސިލުން ބުނާ ގޮތުގައި އެ ކައުންސިލުން ކަރުދާހަށް އަހަރަކު ގާތްގަނޑަކަށް ތިރީސް ހާހެއްހާ ރުފިޔާ ހަރަދު ވެއެވެ. 

86%
ކަމުގޮސްފި
7%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
7%
ވަރަށް ސަލާމް
ކޮމެންޓްސް