ads
ކެބިނެޓް ބައްދަލުވުމުގެ ތެރެއިން ފޮޓޯ ރައީސް އޮފީސް
އޯ.އޭ.ސީ.ޕީ ގައި ބައިވެރިވުމަށް މަޖިލީހުގެ ލަފާ ހޯދަނީ
އޯގަނައިޒޭޝަން އޮފް އެފްރިކަން ކެރީބިއަން އެންޑް ޕެސިފިކް (އޯ.އޭ.ސީ.ޕީ)ގައި ބައިވެރިވުމަށް މަޖިލީހުގެ ލަފާ ހޯއްދެވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ.

ރައީސް ސޯލިހު މިގޮތަށް ނިންމަވާފައިވަނި އޯގަނައިޒޭޝަން އޮފް އެފްރިކަން ކެރީބިއަން އެންޑް ޕެސިފިކް (އޯ.އޭ.ސީ.ޕީ)ގައި ދިވެހިރާއްޖެއިން ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުން ލަފާދެއްވާފައިވާތީ އެވެ.

މި ނިންމުން ނިންމާފައިވަނީ މިކަމާ ގުޅޭގޮތުން ފޮރިން މިނިސްޓްރީން ހުށަހެޅުއްވި ކަރުދާހަށް ވަޒީރުންގެ މެދުގައި މަޝްވަރާ ކުރެއްވުމަށް ފަހުގައެވެ.
ދިވެހިރާއްޖެ މި ޖަމްޢިއްޔާގެ މެމްބަރު ގައުމަކަށްވުމުން ދިވެހިރާއްޖެއާއި އެފްރިކާ ކެރީބިއަން އަދި ޕެސިފިކް ސަރަހައްދުގެ ގައުމުތަކާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިވުމުގެ އިތުރުން، ދިވެހިރާއްޖެއިން ވަކާލާތުކުރަމުން އަންނަ މުހިންމު މައްސަލަތައް ކަމުގައިވާ މޫސުމަށް އަންނަ ބަދަލުތަކާއި ތިމާވެށްޓަށް ކުރާ އަސަރުތައް ފަދަ ގިނަ ދާއިރާތަކުގައި އަޑުއުފުލުމުގެ ފުރުސަތު ފުޅާވުމާއި، ތަރައްގީގެ އެކިއެކި ޕްރޮޖެކްޓްތަކަށް ފައިނޭންސް ހޯދުމަށް މަގުފަހިވެގެންދާނެއެވެ.

މީގެ އިތުރުން އޯ.އޭ.ސީ.ޕީ އާއި ޔޫރަޕިއަން ޔޫނިއަން (އީ.ޔޫ) ގެ އިންސްޓިޓިއުޝަންތަކުގެ އެހީތެރިކަން ލިބުމަށް އިތުރަށް މަގުފަހިވެގެންދާނެއެވެ. އެގޮތުން ދިވެހިރާއްޖެއިން ބޭރަށް އެކްސްޕޯޓްކުރާ ކަނޑުމަހުގެ އެކި ބާވަތްތަކަށް ރަނގަޅު އަގެއް ހޯދުމަށާއި ދިވެހިރާއްޖެއަށް ޔޫރަޕުގެ ޝެންގަން ވިސާ ހޯދުމަށް ލުއި ފަސޭހަވެގެންދާނެ ކަމަށް ބެލެވެއެވެ.

މިހާރު 79 ގައުމެއް ބައިވެރިވާ މި ޖަމިއްޔާގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެނަމަ ދިވެހިރާއްޖެ ވެގެންދާނީ މި ޖަމްޢިއްޔާގައި ބައިވެރިވާ 80 ވަނަ މެންބަރު ގައުމަށެވެ. ތަރައްގީވަމުން އަންނަ ގައުމުތަކުގެ ތެރެއިން ދިވެހިރާއްޖެ ފިޔަވައި ކުދި ޖަޒީރާ ހުރިހާ ގައުމުތަކަކީ މި ވަގުތު މި ޖަމިއްޔާގެ މެންބަރު ގައުމުތަކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް