ads
ޑރ އަޝްރަފް: ހެލްތް ސާވިސަސްގެ ޑީޖީއަކަށް މިހާރު ވަނީ އައްޔަން ކޮށްފައި
ހެލްތު ސާވިސަސްގެ ޑީޖީ އަކަށް ޑރ އަޝްރަފް، މުސާރަ 70000ރުފިޔާ
ޑިރެކްޓާ ޖެނެރަލް އޮފް ހެލްތު ސާވިސްގެ މަގާމަށް ޑރ. އަހްމަދު އަޝްރަފް، 70000ރުފިޔާގެ މުސާރައަކާއެކު އައްޔަނުކުރައްވައިފި އެވެ.

މިމަހުގެ 9 ވަނަދުވަހަު މިމަގާމަށް އައްޔަން ކުރެވުނު ޑރ އަޝްރަފް ވަނީ ރާއްޖޭގެ ބައެއް ހޮސްޕިޓަލްތަކުގައި އެންމެ އިސްކޮށް މަސައްކަތް ކުރެއްވުމުގެ އިތުރުން އައިޖީއެމްއެޗްގައިދިގުމުއްދަތަކަށް މަސައްކަތް ކުރައްވާފައެވެ.

ސިއްހީ ދާއިރާގައި 14 އަހަރުގެ ތަޖުރިބާ ހޯއްދަވާފައިވާ އަޝްރަފް ވަނީ ގައުމީ ޔުނިވާސިޓީގެ މެޑިކަލް ދަރިވަރުންނަށްވެސް ކިޔުަވައި ދެއްވާފައެވެ. 

ޔޫކްރޭންގެ މެޑިކަލް ސްކޫލަކުން ގްރެޖުއޭޓްވި، ޑރ. އަޝްރަފް އެންމެ ފުރަތަމަ މަސައްކަތް ކުރެއްވީ އައިޖީއެމްއެޗްގައެވެ. އެއީ 1996 އިން ފެށިގެންނެވެ.

މި ދިޔަ އަހަރުގެ ޖޫން މަހު އިއުލާން ކޮށްފައިވާ މިމަގާމުގެ މުސާރައަކީ 70330 ރުފިޔާއެވެ. އެއީ 54430 ރުފިޔާގެ މުސާރައަކާއި، ސާވިސް އެލަވަންސްގެ ގޮތުގައި ދުވާލަކު ލިބޭ 530 އެވެ. މީގެ އިރުރުން ސިވިލް ސާވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ ޕެންޝަނާއި ބޭސްފަރުވާގެ ހިދްމަތްވެސް ލިބޭނެއެވެ.
މިއީ 4 އަހަރުގެ މުއްދަތަށް އޮންނަ މަގާމެކެވެ. ކޮންމެ ހަތަރު އަހަރަކުނ ްމީހަކު އައްޔަން ކުރާ މި މަގާމުގައި ކުިރިން ހުންނެވީ ޑރ ޝީޒާ އަލީއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް