ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ އާންމުކުރި ކޮވިޑްގެ އެންމެ ފަހުގެ މައުލޫމާތުތަކުން ދައްކާ ގޮތުގައި، މިއަދު ވަނީ 5818 ސާމްޕަލް ޓެސްޓު ކުރެވިފައެެވެ.
ރަށްތަކުން 197 މީހުން ޕޮޒިޓިވްވިއިރު ރިސޯޓްތަކުން 124 މީހަކު ޕޮޒިޓިވްވެފައި ވެއެވެ. އަދި މާލެ ސަރަހައްދުން މިއަދު ވަނީ 199 މީހުން ބައްޔަށް ޕޮޒިޓިވް ވެފައެވެ.
މިހާރު ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 99،099 އަށް އަރާފައެވެ. އަދި ބަލިން ރަނގަޅުވި މީހުންގެ އަދަދު 94،502 އަށް އަރާފައިވާއިރު، މިހާރު ހޮސްޕިޓަލްތަކުގައި ފަރުވާ ދެމުންދާ މީހުންގެ އަދަދު އުޅެނީ 20 ގައެވެ.
މިހާތަނަށް ރާއްޖެއިން 264 މީހަކު ކޮވިޑްގައި މަރުވެފައިވާއިރު، މިވަގުތު ރާއްޖޭގައި ތިބީ ބަލިޖެހިފައިވާ 4320 މީހުންނެވެ.