ބޭރުގެ ރިޕޯޓުތައް ބުނާގޮތުން އޭނާއަށް ވަނީ ނިއުމޯނިއާއެކު ކޮވިޑް ވެސް ޖެހިފައެވެ.
އުމުރުން 92 އަހަރުވެފައިވާ ލަތާ އައިސީޔޫގައި އެޑްމިޓްކޮށްފައިވާއިރު ކޮވިޑާއިއެކު ނިއުމޯނިއާ ވެސް ހުރުމުން އެއީ ފުރާނައަށް އޮތް ނުރައްކަލެއްގެ ގޮތުގައި ޑޮކްޓަރުން ފާހަގަކުރެއެވެ.
ލަތާ އަކީ އިންޑިއަން ސިނަމާތަކުގެ ރަން އަޑުގެ ވެރިޔާއެވެ. އޭނާ ވަނީ މިހާތަނަށް 1000އަށްވުރެ ގިނަ ފިލްމުތަކަށް ލަވަ ކިޔާދީފައެވެ. އަދި 36 ބަހުރުވައިން އޭނާ ލަވަ މިހާތަނަށް ރެކޯޑުކޮށްފައިވެއެވެ.