ads
ދީޕިކާ---
ދީޕިކާ ވެސް ޓިކްޓޮކް ބޭނުން ކުރަން ފަށައިފި
ބޮލީވުޑު މަޝްހޫރު އެކްޓްރެސް ދީޕިކާ ޕަޑުކޮން ވެސް ޓިކްޓޮކް ބޭނުން ކުރަން ފަށައިފިއެވެ.
ބޮލީވުޑު މަޝްހޫރު އެކްޓްރެސް ދީޕިކާ ޕަޑުކޮން ވެސް ޓިކްޓޮކް ބޭނުން ކުރަން ފަށައިފިއެވެ.

ސޯޝަލް މީޑިއާ މެދުވެރިކޮށް ހިއްސާކުރި ވީޑިއޯ އަކުން ދީޕިކާ އޭނާ ޓިކްޓޮކް ބޭނުން ކުރަން ފައްޓާފައިވާ ކަން އަންގާފައިވާއިރު ދީޕިކާ ޕަޑުކޮން ޖަހައިގެން އޭނާ ޓިކްޓޮކުން ފެންނާނެ ކަމަށް ދީޕިކާ ވަނީ ބުނެފައެވެ.


ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ދީޕިކާ އެންމެ ފަހުން ފެނިގެން ދިޔައީ "ޕަދްމާވަތު" އިންނެވެ. ދީޕިކާގެ ކުރިއަށް އޮތް ފިލްމަކީ މެގްނާ ގުލްޒާރުގެ "ޗަޕާކް" އެވެ. އެފިލްމު ނެރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 10 ވަނަ ދުވަހުއެވެ.

"ޗަޕާކް" އަކީ އެސިޑު ހަމަލާއެއްގެ ޝިކާރައަކަށްވީ ލަކްޝްމީ އަގަރްވާލުގެ ހަޔާތުގެ މައްޗަށް ނެރޭ ފިލްމެކެވެ.

އުމުރުން އެންމެ 15 އަހަރުގައި އެސިޑު ހަމަލާއެއްގެ ޝިކާރައަށް ލަކްޝްވީ އުމުރުން 32 އަހަރުގެ ފިރިހެނަކު އޭނާއަށް ލޯބި ހުށަހެޅުމުން އެ ހުށަހެޅުން ގަބޫލު ނުކުރުމުންނެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް