ads
މ. މުލަށް
މުލަކު: ޒަމާންވީ އުދައިގެ ނުރައްކަލުން ސަލާމަތްވެ، ހިތްހަމަ ޖެހިފައި
ސަރުކާރާއި އެމްޓީސީސީން ގުޅިގެން މ. މުލަކު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ނިންމާލުމާއެކު މުލަކުގެ ރައްޔިތުންނަށް ބޮޑު ހިތްހަމަޖެހުމެއް ލިބިއްޖެއެވެ.

މުލަކު ކައުންސިލުން ބުނީ މި މަޝްރޫއުއަކީ ރައްޔިތުންނަށް ވަރަށް ބޮޑު އުފަލެއް ލިބިގެންދިޔަ މަޝްރޫރުއެއް ކަމަށެވެ. ސަބަބަކީ މީގެކުރިން އުދަ އަރާ މޫސުންތަކުގައި ގޮނޑުދޮށް ގިރުމުގެ އިތުރުން އެ ސަރަހައްދުގެ ބައެއް ގެތަކަށް އުދައިގެ އަސަރުކޮށް ބައެއް ރައްޔިތުންގެ މުދަލަށްވެސް ބައެއްފަހަރު ގެއްލުން ލިބޭތީއެވެ.

your imageމ. މުލަށް ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު -- ފޮޓޯ: އެމްޓީސީސީ

ގާތްގަނޑަކަށް 2000އާ ގާތްކުރާ އާބާދީއެއް އޮންނަ މުލަކުގެ އުތުރު ފަރާތު ގޮނޑުދޮށް ސަރުކާރާއި އެމްޓީސީސީން ގުޅިގެން މިހާރު ހިމާޔަތް ކޮއްފައިވާއިރު، އެ ސަރަހައްދަކީ ޒަމާނުންސުރެ އުދަ އަރައި ވަރަށް ބޮޑަށް ގިރާލާ ސަރަހައްދެއް ކަމަށް މުލަކު ކައުންސިލް މެމްބަރު އިބްރާހިމް ނަދީމް ވަނީ "ސީއެންއެމް" އަށް ވިދާޅުވެފައެވެ.

މީގެ އިތުރުން ނަދީމް ވިދާޅުވީ މީހުން ދިރިއުޅޭ ގެތަކާއި ހަމަޔަށް މީގެ ކުރިން އުދައިގެ އަސަރު ކުރާކަމަށެވެ. އަދި ގާތްގަނޑަކަށް އެ ސަރަހައްދުގެ 15 ވަރަކަށް ގެޔަށް އުދައިގެ އަސަރަކުރާކަމަށާއި، އެ ރަށުގެ ކައުންސިލް އިދާރާގެ ގޯތިތެރެއަށް ވެސް އުދައިގެ އަސަރު ކުރާކަމަށެވެ.

އެހެންކަމުން ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ވެގެން ދިޔައީ އެ ރަށު ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ހިތްހަމަ ޖެހުމަކަށެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް