ads
މާލެ ސިޓީ ކައުންސިލުން ހުޅުމާލޭގެ ރައްޔިތުންނަށް ހިދުމަތް ދިނުމަށްޓަކައި ހުޅުމާލޭގައި ގާއިމްކުރި ޒަމާނީ ފެންވަރުގެ އޮފީސް
ސިޓީ ކައުންސިލްގެ އޮފީހެއް ހުޅުމާލޭގައި
މާލެ ސިޓީ ކައުންސިލްގެ ފަރާތުން ހުޅުމާލޭގެ ރައްޔިތުންނަށް ހިދުމަތްތައް ދިނުމަށް ހާއްސަކޮށްގެން އޮފީހެއް އިމާރާތްކޮށްފިއެވެ.

ހުޅުމާލޭގައި އިމާރާތްކުރި ޒަމާނީ ފެންވަރުގެ އޮފީހާ ގުޅޭގޮތުން މާއުލޫމާތު ހިއްސާކުރައްވަމުން ހުޅުމާލެ ދާއިރާގެ ކައުންސިލާ އިބްރާހިމް ޝުޖާއު ވިދާޅުވީ މާލެ ސިޓީ ކައުންސިލް އުފެދުނީއްސުރެ ހުޅުމާލޭގެ އާންމު ހިދުމަތްތައް ދިނުމަށްޓަކައި ހުރީ 12 ފޫޓު 12 ފޫޓުގެ ކުޑަ ގޮޅިއެއްކަމަށާއި، އެހެން ނަމަވެސް މިހާރު މި ހުޅުވޭ އޮފީހާ އެކު ހިދުމަތްތައް ދިނުމުގައި ފަސޭހަވެގެން ދާނެ ކަމަށެވެ.

އަދި އެތަނުގައި މީގެ ކުރިން ކުރަމުން ދިޔަ މަސައްކަތަކީ ސިޓީ ކައުންސިލްގެ ކޯލް ސެންޓަރު ހިންގުން ކަމަށް ވެސް ޝުޖާއު ވިދާޅުވިއެވެ.

"މިއީ ކުރިން ހުޅު ހެންވޭރު ދާއިރާ. 12 ފޫޓު 12 ފޫޓުގެ ކުޑަ ގޮޅިއެއް މިތަނަކީ. ހަމަ އެކަނި ކުރިހާ ވެސް ކަމަކީ ސިޓީ ކައުންސިލަށް އަންނަ ފޯނު ކޯލްތައް ނެގުން. އެހެން ނަމަވެސް މި ހުޅުވޭ އޮފީހާ އެކު ބަދަލުތަކެއް ފެނިގެންދާނެ،" ޝުޖާއު ވިދާޅުވިއެވެ.

މާލެ ސިޓީ ކައުންސިލްގެ މި ދައުރުގައި ފެށި މަސައްކަތް ގާތްގަނޑަކަށް ދެ މަސް ދުވަހުގެ ތެރޭގައި ނިންމާލާފައި ވާއިރު މިއީ ހުޅުމާލޭގެ އާންމު ހިދުމަތްތައް ޒަމާނީ ފެންވަރެއްގައި ދެވިގެންދާނެ އޮފީހެއްކަމަށްވެސް ޝުޖާއު ވިދާޅުވިއެވެ.

ހުޅުމާލޭގައި އިމާރާތް ކުރެވުނު މި އޮފީހުގެ މަސައްކަތްތައް ނިމިފައި ވާއިރު މި އޮފީސް ރަސްމީކޮށް ހުޅުވައި ހިދުމަތް ދެވޭވަރުވާނީ ދެ މަސް ދުވަސް ފަހުން ކަމަށް ޝުޖާއު ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް