ads
އިޒްޔާން———ފޮޓޯ:އާއިލާ
4 މަހުގެ އިޒްއާންގެ 2 ކިޑްނީ އެއްފަޅީގައި، ބައްޕަ އެދެނީ އެހީއަކަށް
ކޮންމެ ދެމެފިރިއަކުވެސް ކައިވެއްޏެއް ކުރާނީ އުއްމީދުތަކާއިއެކު ފޮނި ހުވަފެންތަކެއް ދެކިގެންނެވެ. އެ ހުވަފެންތައް ފުރިހަަމަވަނީ ދެމަފިރިންގެ ހަށިގަނޑުން ތުއްތު ކުއްޖަކު އުފަންވާ ހިސާބުންނެވެ. އެއަށްފަހު ދެމަފިރިންގެ ވެސް އެދުމަކަށް ވަނީ އެދަރިން ރަނގަޅު ސިއްހަތެއްގައި ހެދި ބޮޑުވުމެވެ.
Advertisement

އުމުރުން 31 އަހަރުގެ މ. މުލައް ހުސެއިން ހަލީމް އާއި އުމުރުން 29 އަަހަރުގެ ބައްރަތު ޒާހިރު ވެސް ކައިވެނީގެ ގޮތް ޖެހީ އުފާވެރި ދިރިއުޅުމަކަށް އެދިގެންނެވެ. 2013 ވަނަ އަހަރު ކައިވެނިކުރި މިދެމަފިރިންނަށް ފުރަތަމަ ދަރިފުޅު ލިބުމަށްފަހު ދެވަނަ ދަރިފުޅެއް ހޯދުމުގެ ވިސްނުން ގެންގުޅުނީވެސް އުފާވެރި އާއިލާއެއްގެ ފޮނި މީރުކަން ލިބިގަތުމަށެވެ. 

ނަމަވެސް ދެވަނަ ދަރިފުޅު އިޒްއާން ބިން ހުސެއިން ހަލީމަށް އަންހެނުން ބަލިވެ އިދެ ފުރަތަމަ ހެދި ސްކޭންއާއެކު ހާލަތު ބަދަލުވެ އެ އުފާވެރި އާއިލާގެ އުފާވެރިކަން ބަނަވެގެން ދިޔަގޮތް އަސަރާއެކު "ސީއެންއެމް" އާއި ހިއްސާކުރަމުން ހުސެން ބުނިގޮތުން ބައްރަތުގެ ބަޑަށް ހަތަރުމަހުގައި ފުރަތަމަ ހެދި ސްކޭންއާއި އެކު ދަރިފުޅު އިޒްއާންގެ ދެ ކިޑްނީ އެއްފަޅިގައި ތައްވެފައި ހުރިކަން އެނގުނެވެ.

އެދެމީހުންނަށް ލިބެން އުޅޭ ދަރިފުޅު އުފެދުމުގައި ހުރި ނުކުޅެދުން ތެރިކަމާއެކު، ލިބުނު އުފާވެރިކަން ބަނަވެ ހިތް ދަތި ކަމާއި މާޔޫސް ވަގުތެއްގެ ސާލު އަޅަން ޖެހުނީ ދަރިފުޅުގެ ކިޑްނީ އިނީ އެއްފަޅިގައި އުފެދިފައި ކަމަށް ޑޮކްޓަރު ބުނުމުންނެވެ.

ކެއްތެރި ކަމާއެކު ހެއްދެވި ފަރާތަށް ހަމްދުކޮށް މިވަރަށް ރުހުން ނޫން ގޮތެއް އެދެމެ ފިރިންނަަކަށް ނެތް ނަމަވެސް ޑޮކްޓަަރުންގެ އިރުޝާދާ އެކު ވިހަންދެން ކެތްކުރީ ފަރުވާ ކުރެވޭނީ ވިހައިގެން ކަމަށް ޑޮކްޓަރު ބުނުމުންނެވެ. މާލޭގެ ދިރިއުޅެމުންދާ އެއާއިލާ، ޑޮކްޓަރުގެ ލަފާގެ މަތިން ކޮންމެ މަހަކު ސްކޭން ހައްދަމުން ޔޫރިން ޓެސްޓް ކުރަމުން އެދަނީ ކެތްތެރި ކަމާއި އުއްމީދާ އެކުގައެވެ.

ހަތަރު މަހުގެ އިޒްޔަން ދެ ކިޑްނީ އިނީ ކަނާއަތް ފަޅީގައި އުފެދި ތައްވެފައި. އޭގެ ސަބަބުން ޔޫރިން އިންފެކްޓްވެ ބުލެޑާ ފުލްވަނީ. އެއްފަހަރު އިންޑިއާ އަށްވެސް ގޮސްފިން. ކިޑްނީގެ ކުޑަކުދިންގެ ޑޮކްޓަރެއް ރާއްޖޭގެ ނުހުރޭ އަސްލު ވާގޮތެއް އެހެންވެ ޑޮކްޓަރުންނަކަށްވެސް ނޭގޭ ޑޮކްޓަރު އިރުޝާދު ދެނީ ރައްޖެއިން ބޭރަށްދާން. މާލޭގައި ކޮޓްރި ކުލީގައި އުޅެންޖެހި. ކޮންމެ ހަފްތާއަކު ދަރިފުޅުގެ ޔޫރިން ޓެސްޓް ހަދަމުން ބަނޑުގެ ސްކޭން ކޮންމެ މަހަކު ހަދަމުން މިދަނީ ޓްރީޓޮޕުން. ހަގީގަތުގަވެސްގައި ވަރަށް މާލީ ހާލަތު ދަށް. ހުސެއިން އޭނާގެ ދަރިފުޅުގެ ހާލަތު ކިޔައިދެމުން ބުންޏެވެ.

އިންޑިއާގެ ކިޑްނީ އަށް ފަރުވާދޭ ކުޑަކުދިންގެ ހޮސްޕިޓަލް ރެއިންބޯ އަށް ދިއުމަށް އާސަންދަ ވެސް ލިބިއްޖެ ކަމަށާއި ނަމަވެސް ހުރުމަށް ބޮޑު ހަރަދެއް ހޭދަވެގެން ދާނެތީ، ދަރިފުޅުގެ ބޭސްފަރުވާއަށް ބޭރަށް ދިޔުމަށްޓަކައި އާއްމުންގެ އެހީތެރިކަމަށް އެދުން ނޫން ގޮތެއް އެދެމަފިރިންނަކަށް ނެތެވެ.

ކިޑްނީގެ މައްސަލަ ތަކަކީ ރާއްޖޭގެ މިހާރު އާއްމުވަމުން އަންނަ ސިއްހީ ބޮޑު، މައްސަލަ ތަކަކެވެ. ޒުވާން އުމުރުގައި އާއި ދުނިޔެއަށް އުފަންވާ ޅަދަރިން ދިރިއުޅުމުން ބާކީވެ އުއްމީދުގެ ހަޔާތް ބަނަވެ ތަންމަތީގައި އޮންނަން މިއަދު ޖެހި ކިޑްނީ ބަލިން އުއްމީދު ކުޑަވެފައިވާ އެތައް ޒުވާނުންނަކާއި، އެތައް މައުސޫމް ކުޑަކުދިއްނެއް މިދިވެހި ރާއްޖޭގައި އެބަތިއްބެވެ. ނަމަވެސް އެފަދަ އާއިލާތަކުގެ ވެސް އުންމީދަކީ އެހެން މީހުން ފަދައިން ހިންހަމަޖެހޭ ދިރިއުޅުމަކަށެވެ.

އިޒްއާން އުޅޭ ހާލު ބަލަން އޭނާގެ ބައްޕައަކަށްވެސް ކެތެއް ނުވެއެވެ. ދަރިފުޅުގެ ހާލުފެނި ދަރިފުޅަށް ފުރިހަމަ އަވަސް ފަރުވާއެެއް ހޯދަދިނުމަށް ބައްޕަ ބޭނުންވެއެވެ. އެހެންކަމުން އެންމެ ހަތަރު އަހަރުގެ ލޯބި ލޯބި މައުސޫމު އިޒްއާންގެ ބައްޕަ އެދެނީ ތިޔަ ބޭފުޅުންގެ ދީލަތި އެހީއަކަށެވެ.

އިތުރު މައުލޫމާތު ހޯދުމަށް:

  • ހުސެއިން ހަލީމް (އިޒްއާންގެ ބައްޕަ): 9436406 960+ 
  • ބީއެމްއެލް (ދިވެހި ރުފިޔާ) އެކައުންޓް ނަންބަރު: 7730000075104 (ކުއްޖާގެ މަންމަ، ބައްރަތު ޒާހިރާ)
  • ބީއެމްއެލް (ޑޮލަރު ) އެކައުންޓް ނަމްބަރު: 7730000413789 (ކުއްޖާގެ މަންމަ، ބައްރަތު ޒާހިރާ)

އިޒްއާންގެ އާއިލާއިން އެދެނީ ފައިސާގެ ގޮތުން އެހީވެދެވެން ނެތްނަމަވެސް، އިޒްއާއަށް ހެޔޮ ދުއާ ކޮށްދިނުމަށެވެ.

ސީއެންއެމް އެހީ މި ސެގްމަންޓްގެ ދަށުން ގެނެސްދޭ ފަރާތްތަކަށް އެހީތެރިވުމަށް އެދޭ ފަރާތްތަކުން އެ އާއިލާއާ ގުޅައިގެން އެހީގެ ކަންކަން ކުރިއަށް ގެންދިއުން އެދެމެވެ.

13%
ކަމުގޮސްފި
26%
އަޑުއެހިތާ މިހުރީ
52%
ސަތޭކައަކުން ސުމެއް
9%
ވަރަށް ސަލާމް
ކޮމެންޓްސް