ads
ހެލިކަޕްޓަރު އެކްސިޑެންޓެއްގައި މަޝްހޫރު ބާސްކެޓް ކުޅުންތެރިޔާ ކޯބީ ބްރަޔަންޓް މަރުވެއްޖެ
ދުނިޔޭގެ އެންމެ މަޝްހޫރު އެއް ބާސްކެޓް ބޯޅަ ކުޅުންތެރިޔާ އެމެރިކާގެ ކޯބީ ބްރަޔަންޓް މަރުވެއްޖެ އެވެ.

ކޯބީ ބްރަޔަންޓާއި އޭނާގެ އަންހެން ދަރިފުޅު މަރުވީ ހެލިކަޕްޓަރު އެކްސިޑެންޓެއްގަ އެވެ. 

ރިޕޯޓްތައް ބުނާ ގޮތުގައި ޕްރައިވެޓް ހެލިކަޕްޓަރުގައި ބްރަޔަންޓާއި އެކު ދަތުރު ކުރި ހަތަރު މީހުން ވަނީ މި ހާދިސާގައި މަރުވެފަ އެވެ.

މިހާރު ކުޅުން ހުއްޓާލައިފައިވާ އުމުރުން 41 އަހަރުގެ ކޯބީ ބްރަޔަންޓް ޕްރައިވެޓް ހެލިކަޕްޓަރެއްގައި ދަތުރު ކުރަމުން ދިޔައީ އޭނާގެ ދަރިފުޅު ކުޅޭ ސްކޫލުގެ ބާސްކެޓް ބޯޅަ މެޗެއް ބެލުމަށެވެ. 

މި ދަތުރުގައި އޭނާއާއި އެކު އާއިލާގެ ބައެއް މެންބަރުންވެސް ދަތުރުކުރި އެވެ.

ގިނަ ބައެއްގެ އިހްތިރާމާއި ސަޕޯޓް ހޯދާފައިވާ ކޯބީ ބްރަޔަންޓް އޭނާގެ މުޅި ކެރިއަރުގައިވެސް ކުޅެފައިވަނީ ލޮސް އެންޖަލިސް ލޭކަރސް އަށެވެ. އޭނާ ވަނީ އެ ކްލަބާއި އެކު އެތައް ކާމިޔާބީއެއް ހޯދާފަ އެވެ.

ކޯބީ ބްރަޔަންޓްގެ ކުއްލި މަރުގެ ހަބަރާ އެކު ދުނިޔޭގެ ކުޅިވަރު ތަރިން ދަނީ ހިތާމަފާޅުކުރަމުންނެވެ.

ބްރަޔަންޓްގެ މަރާ ގުޅިގެން އެންބީއޭގެ ކޮމިޝަނާ އެޑަމް ސިލްވާ ވިދާޅުވީ ގެއްލިގެން އެ ދިޔައީ އެންބީއޭގެ ތާރީހު ދުށް އެންމެ މޮޅު ބާސްކެޓް ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ލެޖެންޑެއް ކަމަށެވެ. އަދި މި ފަހުގެ ތާރީހުގައި އޭނާ ހަދާފައިވާ ރެކޯޑްތައް އެހެން ކުޅުންތެރިންނަށް މުގުރާލުމަށް އުނދަގޫ ވާނެ ކަމަށްވެސް އޭނާ ބުންޏެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް