ads
ފޮޓޯ: ސީއެންއެން
ނުވަ އަހަރު ދުވަހަށް ފަހު ކުށްވެރިޔާ ފުލުހުންގެ ބެލުމުގެ ދަށަށް!
2012 ވަނަ އަހަރުގެ ތެރޭގައި އެއް އާއިލާއެއްގެ ހަތަރު މީހުން މަރާލި މީހާ ނުވަ އަހަރު ފަހުން ދެނަގެނެވި ހައްޔަރު ކޮށް މައްސަލަ އަލުން ބަލަން ފަށައިފިއެވެ.

ސާދު އަލް ހިލީ އާއި އޭނާގެ އަންހެނުން އިކްބާލް އަލް ހިލީ އާއި އެދެމީހުންގެ 12 އަހަރުގެ ދަރިފުޅުގެ އިތުރުން އޭނާގެ 74 އަހަރުގެ މަންމަ މަރާލާފައިވަނީ 2012 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ފަސް ވަނަ ދުވަހު ފްރާންސްގެ ލޭކް އޭންސީ ކައިރީގައި އޮންނަ ޝެވަލައިންގެ އައްސޭރިފަށުގައެވެ. 

މި މައްސަލަ އާއި ގުޅިގެން އެގައުމުގެ ފުލުހުން ކުރިން ބުނީ މިއީ ބަޔަކު މީހުން ގަސްތުގައި ކުރި ކަމެއް ކަމަށާއި، އެއާއިލާގެ ހަތަރު މީހުން މަރާލާފައި ވަނީ ބަޑިން ދިން ހަމަލާ ތަކެއްގައި ކަމަށެވެ. 

މި ހަމަލާއަށް ނުވަ އަހަރަށް ވުރެ ގިނަ ދުވަސްވެފައި ވަނިކޮށް، އޭންސީގެ ޕްރޮސެކިއުޓަރުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ މީގެ ނުވަ އަހަރަށް ވުރެ ގިނަ ދުވަސް ކުރިން އިނގިރޭސި އާއިލާއެއްގެ ހަތަރު މެމްބަރުން މަރާލި ކަމުގެ ތުހުމަތުގައި ފްރާންސްގެ އެލްޕްސް އިން ބުދަ ދުވަހު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ހައްޔަރު ކުރީ މި މައްސަލައިގައި މީގެ ކުރިން ފުލުހުންނަށް ހެކިބަސް ދިން މީހެއް ކަމަށާއި، އޭރު އޭނާ ހެކިބަސް ދިނީ ކަންކަން ވަރަށް ބޮޑަށް އޮޅުވައިލައިގެން ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ. 

މި މައްސަަލަ އާއި ގުޅިގެން މީގެ ކުރިންވެސް ފަސް މީހަކު ވަނީ ހައްޔަރު ކޮށް ތަހުގީގު ކޮށްފައެވެ. އެހެން ނަމަވެސް އެމީހުންގެ މައްޗަށް ކުށް ސާބިތު ވާވަރަށް ހެކި ނެތްކަމަށް ބުނެ ކޯޓުން ވަނީ އެމީހުން ދޫކޮށްލާފައެވެ. 

މި މައްސަލަ އާއި ގުޅިގެން އެންމެ ފަހުން ހައްޔަރު ކުރި މީހާ އަކީ މި ހަމަލާ ދިން މީހާ ކަން ކަށަވަރު ކުރެވޭ ކަމަށާއި، ކުރިން ތަހުގީގަށް ނުފެންނަ ހެކިތަކެއް މި މައްސަލައިގައި ފުލުހުންނަށް ލިބިފައި ވާކަމަށްވެސް ތަހުގީގީ ޓީމުން ވަނީ ބުނެފައެވެ.

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
67%
ވަރަށް ސަލާމް
ކޮމެންޓްސް