ads
ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް ސާމްޕަލް ނަގަނީ- ފޮޓޯ: ކޭއާރުއެޗު
މިއަދު މާލެއިން އެކަނިވެސް ކޮވިޑްގެ ކޭސްތައް 250 އިން މަތީގައި
ރާއްޖެއިން ވޭތުވެ ދިޔަ 24 ގަޑިއިރު ތެރޭގައި 536 މީހުން ކޮވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކުރި ކޮވިޑްގެ އެންމެ ފަހުގެ މައުލޫމާތުތަކުން ދައްކާ ގޮތުގައި، މިއަދު ވަނީ 5،513 ސާމްޕަލް ޓެސްޓު ކުރެވިފައެެވެ. 

އަތޮޅުތެރޭގެ ރަށްތަކުން 158 މީހުން ޕޮޒިޓިވްވިއިރު ރިސޯޓްތަކުން 83 މީހަކު ޕޮޒިޓިވްވެފައި ވެއެވެ. އަދި މާލެ ސަރަހައްދުން މިއަދު ވަނީ 267 މީހުން ބައްޔަށް ޕޮޒިޓިވް ވެފައެވެ.

މިހާރު ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 99،635 އަށް އަރާފައިވާއިރު މިހާރު ބަލިން ރަނގަޅުވި މީހުންގެ އަދަދު 94،702 އަށް އަރާފައިވާއިރު، މިހާރު ހޮސްޕިޓަލްތަކުގައި ފަރުވާ ދެމުންދާ މީހުންގެ އަދަދު އުޅެނީ 21 ގައެވެ. 

މިހާތަނަށް ރާއްޖެއިން 264 މީހަކު ކޮވިޑްގައި މަރުވެފައިވާއިރު، މިވަގުތު ރާއްޖޭގައި ތިބީ ބަލިޖެހިފައިވާ 4656 މީހުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް