ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ސިހުރުވެރި އެއްކަމަށް ބުނެ އަނިޔާ ދިން އަންހެން މީހާ
ސިހުރުވެރިއެއް ކަމަށް ބުނެ ގައިގައި އަލިފާން ރޯކޮށްލައިފި
އުމުރުން 68 އަހަރުގެ އަންހެނަކަށް ރަހުމް ކުޑަ އެތައް އަނިޔާތަކެއް ދިނުމަށްފަހު އަލިފާން ޖެހި މައްސަލައެއްގައި ބަޔަކު ހައްޔަރު ކޮށްފި އެވެ.
Advertisement

ސިހުރުވެރި އެއް ކަމަށް ބުނެ އަނިޔާ ދީފައި ވަނީ އިންޑިއާގެ އުތްރަޕްރަދޭޝްގެ ރަށް ފުށުގައި ދިރިއުޅެމުން ދިޔަ އަންހެނަކަށެވެ. މި ރަހުމު ކުޑަ އަނިޔާތައް އޭނާއަށް ދިނީ އޭނާ ދިރިއުޅެމުން ދިޔަ އަވަށުގެ މީހުން ކަމަށާއި، މިހާތަނަށް މި މައްސަލަ އާއި ގުޅިގެން ފަސް މީހަކު ހައްޔަރު ކޮށްފައި ވާކަމަށް އެ އަވަށުގެ ފުލުހުން ވަނީ ބުނެފައެވެ. 

މި ހާދިސާގައި އަނިޔާވި މީހާއަށް ސާދާރް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނައިރު، އޭނާގެ ހާލު ވަރަށް ބޮޑަށް ދަށް ކަމަށް ފުލުހުންނާއި ހަވާލާދީ އެގައުމުގެ ނޫސްތަކުގައި ވަނީ ބުނެފައެވެ. 

އަންހެން މީހާ އަށް އަނިޔާ ދީ އޭނާގެ ގައިގައި ހުޅު ޖަހާފައި ވަނީ، އަންހެން މީހާގެ އާއިލާ މީހެއްގެ ޖަނާޒާގެ ކަންކަމުގައި ބައިވެރިވަމުން ދިޔަ ވަގުތެއްގައި ކަމަށާއި، އެ ކަން ކުރީ ދުރާލާ ރާވައިގެން ކަމަށް ތަހުގީގަށް އެނގިފައި ވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. 

އަންހެން މީހާ އަކީ އެމީހުން އަޅުކަން ކުރާ ބުދު ތަކަށް މީގެ ކުރިން އެކި ކަހަލަ ގެއްލުންތައް ދީފައިވާ އަންހެނެއް ކަމަށާއި، އޭނާ އަކީ ޖިންނިން ބޭނުން ކޮށްގެން މީހުންގެ ފުރާނަ ނަގާލާ ނުލަފާ މީހެއް ކަމަށް މި މައްސަލަ އާއި ގުޅިގެން ހައްޔަރު ކުރި މީހުން ވަނީ ބުނެފައެވެ. 

މި އަންހެން މީހާގެ ގައިގައި ރޯކޮށްލާފައި ވަނީ، އޭނާގެ ގަޔަށް ޕެޓްރޯލް އެޅުމަށް ފަހު ކަމަށް މަންޒަރު ދުއް މީހުން ވަނީ ބުނެފައެވެ. 

މިދިޔަ ހަފްތާގައިވެސް އެ އަވަށުގައި ދިރިއުޅެމުން ދިޔަ އުމުރުން 35 އަހަރުގެ އަންހެނަކަށް އޮތް ގަލުން ތަޅާ އެތައް އަނިޔާތަކެއް ބަޔަކު މީހުން ވަނީ ދީފައެވެ. އެހެން ނަމަވެސް އެމައްސަލައިގައި އަދި މިހާތަނަށް މީހަކު ހައްޔަރު ކޮށްފައި ނުވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް